ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅުގެ އެކްޓިން ލީޑަރ އަބްދުއްރަހީމް
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅުގެ އެކްޓިން ލީޑަރ އަބްދުއްރަހީމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ލ. ގަމުގައި ބިނާކުރި ސްޓޭޑިއަމް ރައީސް ޞާލިހް އިއްޔެ ރަސްމީކޮށް ހުޅުއްވައި ދެއްވުމުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އިއްޔެ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޞާލިޙް ހުޅުއްވައިދެއްވީ، ސުނާމީ ކާރިސާގެ ސަބަބުން ގަމުގައި ފްރެންޗް ރެޑްކްރޮސްގެ އެހީގައި ކުރި އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ޒޯން ސްޓޭޑިއަމެވެ. އެތަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެ ސްޓޭޑިއަމްގައި ހިމެނޭ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ފަހުއެވެ. ޓާފް އެޅުމުގެ މަސައްކަތް ފެށީ ރައީސް ޞާލިހްގެ ސަރުކާރުންނެވެ. ނަމަވެސް އެސްޓޭޑިއަމްގެ އިތުރު އެއްވެސް މަސައްކަތެއް ރައީސް ޞާލިހްގެ ސަރުކާރަކުން ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އެރަށުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާއަށް މުހާތަބު ކުރެއްވުނީ ކޮންރަށެއްގެ ރައްޔިތުންނާ ކަންވެސް އެނގިވަޑައިނުގެންނެވި ކަމަށެވެ.

"ފޮނަދޫގެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް އިއުލާން ކުރެއްވުމުން އަތް ޖަހާނެ މީހަކު ވެސް ނުވި. ގަމުގެ އެތައް މަގެއް އޮތްއިރު ގަމުގެ މަގުތައް ހަދާނެ ވާހަކަ ނުދައްކަވާ އަނެއްކާވެސް ފޮނަދޫގެ މަގުތައް ހަދާ ވާހަކަ ދެއްކެވުމުން ގަމުގެ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، އަދުރޭ ވިދާޅުވީ މިސަރުކާރުން އަދިވެސް ކުރިއަށް ގެންދަނީ ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޗާލީ - 13

07-Dec-2020

މީ ދެން މަޖާ ކަމެއް, އެކަކު ފަށާފައިވާ ޕްރޮޖެކް އަނެކަކު ކުރިޔަށް ގެންދަންވެސް ނުޖެހޭ, އެކަކު ހަދަން ފެއްޓި ތަނެއް އަނެކަކު ނިންމައިގެންވެސް ނުވޭ, އެކަކު ނިންމި ތަނެއް އަނެކަކު ހުޅުވައިގެންވެސް ނުވޭ, މިރާއްޖޭގައި އެކަނި ވެރިކަން ކުރަނީ, ދަތްދުރޭ މޮޅެތި ވާހަކަ ދައްކަނީ މިރާއްޖެ ކުރިޔަށް ދާންވީ ގޮތް ބުނެދީބަލަ.. ބޮޑު އަނގަ ފޮޑި



ޓްރެންޑިން