ކަޒަކިސްތާންގެ ޤައުމީ އެއަރލައިން ކަމަށްވާ އެއަރ އަސްތާނާއިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
މިއީ އެއަރ އަސްތާނާއިން ދިވެހިރާއްޖެއަށް ދަތުރުކުޜާ ފުރަތަމަ ފަހަރެވެ. މި ގޮތުން، އެ ގައުމުން ހަފްތާއަކު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އެއީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
އެއަރލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. 146 ފަތުރުވެރިންނާއެކު އޭ ތްރީ 321 މަރުކައިގެ މި ބޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 7:05 ގައެވެ. އެ ފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
އަސްތާނާއިން ރާއްޖެއަށް ފެށި ދަތުރުތަކަށް ރަނގަޅު ޑިމާންޑެއް އޮތްކަމަށް އެއަރލައިނުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު