އްޑޫ ފްލައިން ސްކޫލްގެ އުޅަނދުތަކެއް
އްޑޫ ފްލައިން ސްކޫލްގެ އުޅަނދުތަކެއް
އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް،އައްޑޫ ފްލައިންގ ސްކޫލުން ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހުންނަށް ހުށަހަޅައިފިއެވެ.

އައްޑޫ ފްލައިންގ ސްކޫލް ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހުންނަށް ހުށަހަޅާފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑޮލަރުން ފީ ދައްކަން ޖެހޭތީ އެކަމުގެ ޝަކުވާތައް ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް މިނިސްޓްރީއަށް ލިބެމުންދާތީ އެކަން ވަނީ އެމްއެމްއޭއަށް ވެސް ހުށައަޅާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ފްލައިން ސްކޫލަށް އަންގާފައެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލެނިވެރި ވުޒާރާ ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ މައްސަލަތައް ހައްލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން