ކުރީގެ ރައީސް މަޢުމޫން އަބދުލް ޤައްޔޫމް
ކުރީގެ ރައީސް މަޢުމޫން އަބދުލް ޤައްޔޫމް
ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި އެއީ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ބަދަލު ގެނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، ރައީސް އަލް އުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ވެރިކަން ކުރާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ދައުލަތުގެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

ރާއްޖޭގައި އޮންނަން ފެނިވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅު އެކަމަށް ވަކާލާތު ކުރަށްވަމުން ގެންދަވާ ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ވެރިކަން ކުރާ ނިޒާމަކީ ރައްޔިތުންގެ ރުހުމާއެކު ރައްޔިތުން ވޯޓު ދީގެން ގެނައި ނިޒާމެކެވެ.

"ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް. ވީމާ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ." އެންއާރްއެމްގެ ލިޑަރ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.



ރައީސް މަޢުމޫން މިހެން ވިދާޅުވި އިރު، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކޯލިޝަންގެ ދެ ލީޑަރުން ކަމަށްވާ ރައީސް މައުމޫނާއި ޤާސިމް އިބްރާހީމް ދެކޮޅުހެއްދެވި ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިއްޖެނަމަ ރައީސް ނަޝީދު ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން އަބަދު ވެސް ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން