ފުލުހުން މީގެ ކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
ފުލުހުން މީގެ ކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންތައް ހިންގާފައިވަނީ މި ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު ކަމަށާއި، އެ އޮޕަރޭޝަންތަކުގައި އެރަށު މަގުމަތިން 29 އަހަރާއި 31 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މި އޮޕަރެޝަންގައި އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 29 އަހަރުގެ މީހާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 16 ރަބަރު ޕެކެޓް ފެނިފައިވާއިރު، 31 އަހަރު މީހާގެ އަތުން މަސްތުވަތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލަތަކުގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 29 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ދީފައިވާއިރު، 31 އަހަރުގެ މީހާވަނީ ޝަރުތުކޮށް ދޫކޮށްލާފައި ކަމަށާއި، މި މައްސަލަތައް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން