ފަރީދީ މަގު ބަންދުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި އަތުލައިގަތް 71 ކިލޯގެ ހެރޮއިންގެ މަގުމަތީއަގު 71 މިލިއަން ރުފިޔާ އަށް އަރާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ކާރެއްގެ ތެރެއިން ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި، މިތަކެތި ހުރީ 2 ގޯންޏެއްގައާއި 2 ލަގެޖެއްގައި ކަމަށެވެ. އަދި މައްސަލައާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާގުޅިގެން ޕޮލިސްކޮމިޝަނަރ މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އަތުލައިގަތް 71 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީއަގު 71 މިލިއަން ރުފިޔާ އަށް އަރާކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދިމާވާ ގޮންޖެހުންތަކާ އެކުވެސް، މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ ކަމަށް ޙަމީދު ވިދާޅުވިއެވެ.
ސީޕީ ވަނީ މިއަދު އަތުލައިގަތް ހެރޮއިންގެ ތެރެއިން ހަތަރު ޕެކެޓްގެ ފޮޓޯވެސް ޓްވީޓް ކުރަށްވާފައެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި ކާރަކުން ފެނިފައިވާ ކަމަށާއި އެކާރުން ފޮރެންސިކް އެވިޑެންސް ނަގަމުން އަންނަކަމަށެވެ. މި މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުންގެ އިންޓެލިޖެންސާއި މެރިން ފުލުހުން ހަފްތާއަކަށް ވުރެއް ގިނަދުވަހު މަސައްކަތްކޮށްފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ. ކޮމިޝަނަރ ޙަމީދު ވިދާޅުވީ މި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށެވެ.
ފަހަކަށް އައިސް ފުލުހުން ގެންދަނީ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި، ބޮޑެތި ޢަދަދުތަކުން މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. އެގޮތުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އަދި ހުޅުމާލެ ފަޅުތެރޭ އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގަތެވެ. ނަމަވެސް މި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކޯޓު މަރުޙަލާއިން މިނިވަންވާކަމުގެ ކަންބޮޑުވުން ޢާއްމުން ދަނީ ކުރަމުންނެވެ.

Seized approximately 71 kgs of heroin that would have a street value of MVR 71 million. Here is a photo of 4 packets out of 71 we found in 4 bags in the car. Despite deficiencies in the criminal justice system, we will continue to disrupt the trafficking of narcotic drugs. pic.twitter.com/HpoBR3V1RV
— Mohamed Hameed (@M_Hameedh) December 8, 2020
ސީޕީ ވަނީ މިއަދު އަތުލައިގަތް ހެރޮއިންގެ ތެރެއިން ހަތަރު ޕެކެޓްގެ ފޮޓޯވެސް ޓްވީޓް ކުރަށްވާފައެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި ކާރަކުން ފެނިފައިވާ ކަމަށާއި އެކާރުން ފޮރެންސިކް އެވިޑެންސް ނަގަމުން އަންނަކަމަށެވެ. މި މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުންގެ އިންޓެލިޖެންސާއި މެރިން ފުލުހުން ހަފްތާއަކަށް ވުރެއް ގިނަދުވަހު މަސައްކަތްކޮށްފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ. ކޮމިޝަނަރ ޙަމީދު ވިދާޅުވީ މި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށެވެ.
ފަހަކަށް އައިސް ފުލުހުން ގެންދަނީ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި، ބޮޑެތި ޢަދަދުތަކުން މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. އެގޮތުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އަދި ހުޅުމާލެ ފަޅުތެރޭ އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގަތެވެ. ނަމަވެސް މި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކޯޓު މަރުޙަލާއިން މިނިވަންވާކަމުގެ ކަންބޮޑުވުން ޢާއްމުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު