ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކާއި ސިޓީ ހޮޓާތައް އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ބަންދު ކުރުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ފިޔަވާ އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކާއި ސިޓީ ހޮޓާތައް މި މަހުގެ 14 ވަނަ ދުވަހުގެ ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތަންތަނަށް އަންނަ ފަތުރުވެރިން 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15ން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 90437 ޓޫރިސްޓުން އައިސްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 473،284 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 19883 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން 12615 މީހުން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 7416 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައި ވަނީ މި އަހަރު ޓޫރިސްޓުން ގެންނަން ކަނޑައަޅާފައިވާ ޓާގެޓު ކަމަށްވާ 500،000 ޓޫރިސްޓުން މި އަހަރުގެ 25 ވަނަ ދުވަހު ހަމަވާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން