ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް އެދުމުން އެކަން ޑިފެންސް މިނިސްޓްރީން ހާމަ ނުކުރުމުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ އަކީ ރާއްޖޭގެ އޮންލައިން ނޫހަކުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.
އެ މައްސަލަ އެންމެ ފުރަތަމަ އެ ނޫހުން ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ. އެ މައްސަލާގައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރު ޙުސެއިން ފިޔާޒު މޫސާ ނިންމެވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް އެދުމުން އެކަން ޑިފެންސް މިނިސްޓްރީން ހާމަކޮށްފައި ނުވަނީ އެކަމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްވާތީ ކަމަށް އެ މިނިސްޓްރީން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ 30 ދުވަހުގެ ތެރޭގައި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެ އެވެ. އެހެންކަމުން އެނޫހުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މައްސަލަ ބަލައިގަތް ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީހެއް ހައިކޯޓުން އަދި ކަނޑައެއް ނާޅައެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާބޯޓު ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ޙަރަކާތްތެރިވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު