ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
ޑްރަގް އެޑިކްޓުންނަށް ހުރިހާ ރަށަކުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ފަރުވާގެ ނިޒާމު ހަރުދަނާކޮށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ކަންކަން އިސްލާހު ކުރަން ގޮވާލައި އެ އެޖެންސީ ކުރިމަތީގައި އިއްޔެ ވަނީ މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގައި މަސްތުވާތަކެއްޗާ ގުޅޭ އެކި ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތަކާއި ޕޯސްޓަރުތައް ބަހާފައި ވާއިރު، ފަރުވާގެ ނިޒާމުގެ ކަންތައްތައް ކުރިއަށް ދާ "ދޯދިޔޯ" ގޮތްތައް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އެކަމާގުޅިގެން ކުރެއްވި ޓްވީޓެއްގައި މެމްބަރު ސިރާޖް ވިދާޅުވީ، މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކުދިން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބިއިރު، މުޅި ރާއްޖޭގައި ފަރުވާދޭ ހުރީ ދެތިން ސެންޓަރު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ފަރުވާ ދިނުން ލާމަރުކަޒީކޮށް ރަށުގެ ސިއްހީ މަރުކަޒު މެދުވެރިކޮށް ނަމަވެސް ހުރިހާ ރަށަކުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.



މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައިގަނޑު އިދާރާ ކަމަށްވާ އެންޑީއޭގައި މިވަގުތު ސީއީއޯއެއްވެސް ނެތެވެ. އެ އިދާރާގއި ސީއީއޯއެއް ނެތި ގިނަ ދުވަސްތަކެއްވެފައިވާއިރު، އެތަން ރަނގަޅަށް ހިންގަމުން ނުދާ ކަމަށާއި އެތަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އޭގެ އިތުރުން އެންޑީއޭގެ ވަސީލަތްތައް މަދު ކަމުން އެއް ފަހަރާ ފަރުވާ ދެވޭ ނިސްބަތްވެސް މަދު ކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން