ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ވ)
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ވ)
ޖަލަކީ ޒުވާނުން ޢުމުރު ހޭދަ ކުރަންޖެހޭނެ ތަނެއް ނޫން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ޙުކުމް ތަންފީޒް ކުރަމުން ގެންދާ ޤައިދީން އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކާ ހިންގޭ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ހިންގުނު ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މިއަދު މި ތަމްރީން ފުރިހަމަކޮށް 50 ބަައިވެރިންވަނީ ސެޓްފިކެޓް ޙާސިލްކޮށްފައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ޖަލަކީ ދިވެހި ޒުވާނުން ޢުމުރު ހުސްކުރަންޖެހޭ ތަނެއް ނޫން ކަމަށެވެ. އަދި އެކި ސަބަބުތަކާހުރެ ގޯސް މަގު ޚިޔާރު ކުރެވޭ މީހުންނަށް ކާއްސަކޮށް ޒުވާނުންނަށް އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.



ޖަލުން ނިކުންނަ ކޮންމެ ޤައިދީއަކީވެސް މުޖުތަމަޢުއަށް ފައިދާހުރި މީހަކަށް ހެދުމަށް އަމާޒު ކޮށްގެން ސަރުކާރުން ވަނީ، މާފުށި ޖަލުގައި ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ޤާއިމް ކޮށްފައެވެ. އެ ސްމާޓް ކެމްޕަސްއަކީ ޖަލުގައި ތިބެގެންވެސް އިލްމް އުގެނުމުގެ ފުރުސަތު ޤައިދީންނަށް ފޯރުކޮށް ދިނުމުގެ މަޤްސަދުގައި ޤާއިމް ކޮށްފައިވާ ކެމްޕަސްއެކެވެ.

ސަރުކާރުން ގެންދަނީ ޖަލުގައި ތިބޭ ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ތަފާތުގިނަ ތަމްރީންގެ ޕްރޮގްރާމްތައް ޖަލުގައި ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން