ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން
ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން
މަސްވެރިންނަށް ވީ ވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ސަރުކާރަށް އިލްތިމާސް ކުރަށްވައިފިއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަހިގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމުގައިވެސް ހުންނެވި ޣައްސާން ވިދާޅުވީ، މަސްވެރިންނަށް ވީ ވަޢުދުތައް ފުއްދުމަށް މި ސަރުކާރަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކޯވިޑްގެ މި ޙާލަތުގައި މަސްވެރިކަމަށް ވާ ބަރޯސާ އިތުރު ކުރުމަކީ މުހިއްމު ކަމެއްކަން ސާބިތުވެގެން ހިނގައްޖެކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްސާން މިހެން ވިދާޅުވެފައި ވާއިރު ޣައްސާން ނިސްބަތްވީ ރައީސް ޔާމީންގެ ސަރުކާރުން ކޮންމެ މަސްވެރިޔަކަށް ދޭން ވަޢުދުވި 10،000 ރުފިޔާ ދަޢުރު ނިމުނު އިރުވެސް ދީފައެއް ނުވެއެވެ.

"ކަނޑު ރޯއްޖަށް ވާ ބަރޯސާ އިތުރުކުރުމުގެ މުހިންމުކަން މިއަހަރު ސާބިތު ވެއްޖެ. މަސްވެރިންނަށް ވީ ވަޢުދުތައް ފުއްދުމަށް މި ސަރުކާރަށް އިލްތިމާސް ކުރަމުން މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފަޚުރުވެރި މަސްވެރިންނަށް ހިތުގެއަޑިން ދަންނަވަން." ޣައްސާން ވިދާޅުވިއެވެ.



ޣައްސާން އިތުރަށް ވިދާޅުވީ، މަސްވެރިކަމަކީ ޤައުމުގެ ލޭނާރު ކަމަށާއި ދިވެހި އިޤްތިޞާދުގެ ފުރަތަމަ ތަނބު ކަމަށެވެ.

މި ސަރުކާރުން މަސްވެރިންނަށް ބޮޑެތި ވަޢުދުތަކެއް ވެފައިވާއިރު، އެ ވަޢުދުތައް ނުފުއްދި ސަރުކާރާމެދު މަސްވެރިންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އަދި މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު އިސްތިޢުފާ ދެއްވުމަށް ރައްޖިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މެމްބަރުންވެސް ގެންދަނީ ގޮވާލަމުންނެވެ. ޒަހާ އަކީ ރައީސް މައުމޫންގެ އެމްއާރުއެމްގެ ވަޒީރެއްގެ ގޮތުގައި ކެބިނެޓްގައި ހިމެނޭ ވަޒީރެކެވެ.

މީގެ އިތުރުން ސަތުކާރުގެ މަސް ކުންފުނި މިފަކޯގެ ހިންގުން ހަރުދަނާ ނުކުރެވި އެ ކުންފުނި ވެސް ވަނީ މަސްވެރިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭ ވަރަށްވުރެ ދަށު ޙާލަތެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޙާޝިމް

13-Dec-2020

އެއްކަ ދިހަހާހުގެ ކަންތައް އޮއްބާލައްވާފަ އޮތަސް އެހަނދާން ހުރިހާ ދިވެހިންގެ އެބަހުރި.



ޓްރެންޑިން