ދޭތިން އެކެއްޗަށް ކުރިއަށް ގޮސް މަސްވެރިންގެ ޙައްޤުތައް ހޯދުމަށް މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފިއެވެ.
މަސްވެރިންގެ ޔޫނިއަން އިފްތިތާޙްކުރުމަށް މިއަދު ބޭއްވި އެއްވުމުގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބަރ ޕާޓީ) ގެ ތަރުޖަމާނު މަޢުރޫފް ޒާހިރު މަސްވެރިންނާ މުޚާތަބްކޮށް ބުނެފައިވަނީ މަސްވެރިން މި ފެށި ފެށުމުގައި، އެއްވާނެއްގައި ދޭތިން އެކައްޗަށް ކުރިއަށްގޮސް މަސްވެރިންގެ ޙައްޤުތައް ހޯދުމަށް ގޮވާލާކަމަށެވެ. ސިޔާސީ ޕާޓީތަކާއި ސަރުކާރުތަކުން މަސްވެރިންނަށް އަޅައި ނުލާނެ ކަމަށާއި، އެފަރާތްތައް ތިބޭނީ މަސްގަންނަ ފަރާތްތަކާއި ކުންފުނިތަކުގެ އަތްދަށުގައި ތާށިވެފައި ކަމަށް މާއްޓޭ ޝުޢޫރުފާޅުކޮށްފައިވެއެވެ.
ވިޔަފާރިވެރިން ތިބޭނީ އަބަދުވެސް ސަރުކާރާ އެކީގައި ކަމަށާއި، މަސައްކަތްތެރިން ތިބޭނީ އިންތިޚާބުތަކުގައި ވޯޓުދޭންޖެހޭ ބަޔަކަށް ހަދާފައިކަމަށް މާއްޓޭ ވަނީ ބުނެފައެވެ. އެގޮތުން ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަން އެތައް ވަޢުދެއް ވާނެ ކަމަށާއި ނަމަވެސް އެ ވަޢުދުތަކުގައި ކުލަ ނުޖެހޭނެ ކަމަށްވެސް ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަންގެ ރައީސްގެ މަޤާމުގައިވެސް ހުރި މާއްޓޭ ވަނީ ބުނެފައެވެ.
"ސަބަބަކަށްވަނީ ވެރިކަމަށް އަންނަ ހިސާބުން ވިޔަފާރިވެރިންނާއި މަސްގަންނަ ފަރާތްތަކުން ސަރުކާރު އަތްދަށުލާނެ. މަސްވެރިން މަތިން ހަނދާން ނައްތާލާނެ. އެހެންވީމާ މަސްވެރިން މިއަދު ޢަޒުމް ކަނޑައަޅަންވީ މި ފެށި ފެށުމުގައި ކުރިޔަށްގޮސް ދޭތިން އެކައްޗަށް ކުރިޔަށްގޮސް އަހަރެމެންގެ ޙައްޤުތައް ހޯދަން. ކަލޭމެންނަކީ ބާރު ހުރި ބައެއް. ކިތައް ޢާއިލާތޯ މީ. ކިތައް ދޯނިތޯ މިތާ މި އޮތީ." މާއްޓޭ ބުނެފައިވެއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އުފެއްދުމުގައިވެސް އިސްކޮށް ޙަރަކާތްތެރިވި މާއްޓޭ ވަނީ މަސްވެރިންގެ ބާރު އަތްމައްޗަށް ގެނެސް، މަސްވެރިންގެ މަސް ކުންފުނި އުފެއްދުމަށް ގޮވާލާފައެވެ. އަދި މަސްވެރިން މަސްގަނެ މަސްވެރިން މަސް ބޭރު ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ. އޭރުން މަހުގެ އަގު މަސްވެރިން ބޭނުންވާ އަގުގައި ހުންނާނެ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
އަދި މިއަދު މި ފެށިފެށުން ކުރިޔަށްދާނީ ހުރިހާ މަސްވެރިން އެއްއަޒުމެއްގައި އެއްބައެއްގެ ގޮތުގައި ކުރިޔަށް ގޮސްގެންކަމަށާއި، ހަމަ އެއްވެލާއިރަށް ޙައްޤުތައް ނުލިބޭނެ ކަމަށް މާއްޓޭ ވަނީ ބުނެފައެވެ. އަދި މިކަމާ ދެކޮޅުހަދާ މަސްވެރިންވެސް އުޅޭނެ ކަމަށާއި، މިއަދު އެ އެއްވުމުގައި ބައިވެރި ނުވީ ފިނޑިން ކަމަށްވެސް މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ. މަސްވެރިން ގައިގައި ހުންނާނީ ތާޒާލޭ ކަމަށާއި މަސްވެރިން ފަހަށް ނުޖެހޭނެ ކަމަށް މަސްވެރިންގެ އެއްވުމުގައި ވަނީ ބުނެފައެވެ.
މިއަދު މަސްވެރިން ކަނޑުމަތީގައި ބޭއްވި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މަސްއޮޑިފަހަރު ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

"ގަބޫލުކުރޭ، ވިޔަފާރިވެރިން ތިބޭނީ އަބަދުވެސް ސަރުކާރާއެކީ ގައި . މަސައްކަތްތެރިން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓު ދޭންޖެހޭ ބައެއްގެ ގޮތުގައި ހަދާފައި .ކަލޭމެންނަކީ ބާރުހުރިބައެއް . ކިތައް އާއިލާތޯ މީ ؟ މަސްވެރިން ފަހަށް ޖެހިގެންނުވާނެ . ކަލޭމެންގައިގާ ހުންނާނީ ތާޒާ ލޭ .1/2 pic.twitter.com/05u8XGeVyw
— އަހުމަދު ރީހާން (@reekhan999) December 10, 2020
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އުފެއްދުމުގައިވެސް އިސްކޮށް ޙަރަކާތްތެރިވި މާއްޓޭ ވަނީ މަސްވެރިންގެ ބާރު އަތްމައްޗަށް ގެނެސް، މަސްވެރިންގެ މަސް ކުންފުނި އުފެއްދުމަށް ގޮވާލާފައެވެ. އަދި މަސްވެރިން މަސްގަނެ މަސްވެރިން މަސް ބޭރު ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ. އޭރުން މަހުގެ އަގު މަސްވެރިން ބޭނުންވާ އަގުގައި ހުންނާނެ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
އަދި މިއަދު މި ފެށިފެށުން ކުރިޔަށްދާނީ ހުރިހާ މަސްވެރިން އެއްއަޒުމެއްގައި އެއްބައެއްގެ ގޮތުގައި ކުރިޔަށް ގޮސްގެންކަމަށާއި، ހަމަ އެއްވެލާއިރަށް ޙައްޤުތައް ނުލިބޭނެ ކަމަށް މާއްޓޭ ވަނީ ބުނެފައެވެ. އަދި މިކަމާ ދެކޮޅުހަދާ މަސްވެރިންވެސް އުޅޭނެ ކަމަށާއި، މިއަދު އެ އެއްވުމުގައި ބައިވެރި ނުވީ ފިނޑިން ކަމަށްވެސް މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ. މަސްވެރިން ގައިގައި ހުންނާނީ ތާޒާލޭ ކަމަށާއި މަސްވެރިން ފަހަށް ނުޖެހޭނެ ކަމަށް މަސްވެރިންގެ އެއްވުމުގައި ވަނީ ބުނެފައެވެ.
މިއަދު މަސްވެރިން ކަނޑުމަތީގައި ބޭއްވި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މަސްއޮޑިފަހަރު ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު