އައްޑޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން
އައްޑޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން
އައްޑޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހަކަށް ދަޢުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) އިސްވެހުރެ އައްޑޫއަށް އެތެރެ ކުރުމަށް މަސައްކަތްކުރި މަސްތުވާތަކެއްޗާ ގުޅިގެން ފުލުހުމް ވަނީ އައްޑޫން ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ކޯޓުން ފަހުން ދޫކޮށްލާފައިވެސް ވެއެވެ.

އެ މައްސަލައިގައި ދަޢުވާ ކޮށްފައިވާކަން ހާމަކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ، އައްޑޫ ސިޓީން 79 ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ އޮކްޓޯބަރު މަހު ހައްޔަރު ކުރި ހަތް މީހުންގެ މައްޗަށް 10 ދައުވާއެ ކޮށްދިނުމަށް އެދި އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"މިއީ ދެކުނުގެ ބޮޑު ނެޓްވޯކެއް. ހެކިންނަށް ތިބީ ފުލުހުން. ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރަން." ޕީޖީ ޝަމީމް ވިދާޅުވެފައި ވެއެވެ.

ޝަމީމް ވިދާޅުވީ، މިމައްސަލަ ތަޙްޤީޤު ކުރެއްވި ފުލުހުންގެ އިންވެސްޓީގޭޓަރުން ހިންގީ ރަނގަޅު ތަޙްޤީޤެއް ކަމަށާއި، ޕީޖީ އޮފީހުގެ ޑްރަގް ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ. ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން ކަމަށާއި، އެކަމަށްވެސް އެންމެން ތައްޔާރު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލާނެކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަންގައި އަތުލައިގަތް ތަކެތީގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

ކަނޑުމަތީގައި ހިންގި އޮޕަރޭޝަނަށް ފަހު އައްޑޫގެ އެކި ތަންތަން ބަލައި ފާސްކޮށްގެން ވެސް ފުލުހުން ވަނީ ޑްރަގްސް ހޯދައިފަ އެވެ. ކަނޑުމަތީ ހިންގި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގެނައި މީހުން ވަނީ ފުލުހުން ފެނުމާ އެކު މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ތަކެތި ނަގައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން