އެއް ލައްކަ ވަނަ ފަތުރުވެރިޔާއަށް ރާއްޖޭން މަރުޚަބާ ކިޔުން
އެއް ލައްކަ ވަނަ ފަތުރުވެރިޔާއަށް ރާއްޖޭން މަރުޚަބާ ކިޔުން
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވި ފަހުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފިއެވެ.

ރާއްޖެ ޒިޔާރަތް ކުރި އެއްލައްކަ ފަތުރުވެރިޔާ އަށް ދިވެހިރާއްޖޭގެ މައި ދޮރޯށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެއް ލައްކަ ވަނަ ފަތުރުވެރިޔާއަކީ އެނބޫދޫ ވިލެޖްގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އައި ސްވިޒަލޭންޑްގެ އަންހެން ފަތުރުވެރިއެކެވެ.



މި ފަތުރުވެރިޔާ އަށް މަރުހަބާ ދެންނެވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރިއު ސްޓުވަޓް އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިނާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވެސް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެއްލައްކަ ފަތުރުވެރިން ގެނެވުމަކީ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން