އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް
އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް
މިއީ ރާއްޖޭގެ ޤައުމީ އެއާލައިން އިތުރަށް ފުޅާކުރަން ޖެހޭ ވަގުތު ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖެއަށް އެއްލައްކަވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައެވެ. އެއްލައްކަވަނަ ފަތުރުވެރިޔާ ގޮތުގައި ރާއްޖެ ޒިޔާރާތްކޮށްފައިވަނީ، ސްވިޓްޒަލޭންޑުން އެމިރޭޓްސް މެދުވެރިކޮށް ދަތުރުކުރި އަންހެނެއް ކަމުގައިވާ ޔަސްމިން ބުރްކިއެވެ. އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެނބޫދޫ ވިލެޖުގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި ފިރާޤް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީ ޤައުމީ އެއަރލައިން ފުޅާކުރަންޖެހޭ ވަގުތު ކަމަށާއި، ރާއްޖެ ފިޔަވާ ގިނަ ޤައުމުތަކުގެ ބޯޑަރ އަދިވެސް ވަނީ ބަންދު ކޮށްފައި ކަމަށެވެ. އެހެންކަމުން ޤައުމީ އެއަރލައިން އިތުރަށް ފުޅާކޮށް ރާއްޖެއަށް އަންނަން ގިނަ ބަޔަކު ޝައުޤުވެރިވެފައިވާ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ފިރާޤް އިތުރަށް ވިދާޅުވެފައި ވަނީ މިއީ ކަންތައްތައް ރަނގަޅުކުރަން ބޭނުންވާތީ ދައްކަވާ ވާހަކަ ކަމަށެވެ.



އެއަރޕޯޓްސް ކޮމްޕެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ފާއިތުވި ހުކުރު ދުވަހު އެކަނިވެސް އިންޓަނޭޝަނަލް 15 ފްލައިޓެއް ވަނީ އޮޕަރޭޓްކޮށްފައެވެ. އެގޮތުން ހުކުރު ދުވަހު 2516 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 1649 ފަތުރުވެރިން ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ. ރާއްޖެއާއި އެހެނިހެން ގައުމުތަކާއެކު ގާއިމްކުރެވުނު "ޓްރެވަލް ބަބުލް" އާއެކު ވައިގެ ދަތުރުތަށް އިތުރުކުރުމުން ފަތުރުވެރިން އައުންވަނީ އިތުރުވާން ފަށާފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން ދިވެހިރާއްޖެއާ ދެމެދު މިހާރު ވަނީ 20 އެއަރލައިންއެއްގެ ދަތުރުތައް ފަށާފައެވެ.

ޑޮމެސްޓިކް ފްލައިޓުތަކުގެ ތަފާސް ހިސާބަށް ބަލާއިރު، ހުކުރު ދުވަހު 21 ފްލައިޓު ވަނީ އޮޕަރޭޓް ކޮށްފައެވެ. އެގޮތުން މޯލްޑިވިއަނުން 15 ފްލައިޓް، ފްލައިމީ އިން 4 އަދި މަންތާ އެއަރލައިނުން 2 ފްލައިޓް ވަނީ އޮޕަރޭޓްކޮށްފައެވެ. މީގެ އިތުރުން ހުކުރުދުވަހު 7 ޕްރައިވެޓް ޖެޓް ވަނީ ރާއްޖެއަށް އޮޕަރޭޓް ކޮށްފަ އެވެ.

ބޯޑަރ ހުޅުވިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާއާއި އިންޑިއާ އައި އިނގިރޭސިވިލާތެވެ. ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ޗައިނާއިން ފަތުރުވެރިން އައުން މިހާރު ވަނީ ހުއްޓިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން