ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) މިއީ މި ކަމުގައި އިސްކޮށްތިބި ދެމީހުން
ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް (28 އ) މިއީ މި ކަމުގައި އިސްކޮށްތިބި ދެމީހުން
ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 10 މީހުންގެ ތެރެއިން 04 މީހެއްގެ ބަންދުގެ މުއްދަތު މިއަދު ވަނީ އިތުރުކޮށްފައެވެ.

މިއަދު ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ހަތަރު މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބި ދެ މީހުންގެ ތެރެއިން ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް އާއި މއ. ކަނޑޫގެ/ އަލީ އަހުމަދު އާއި ހ. ގާޑަންބިޔުޓީ/ މުހައްމަދު އަކްރަމްގެ އިތުރުން ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް އެވެ.

މި ހަތަރު މީހުންގެ ތެރެއިން މުހައްމަދު ވިޝާމްގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު ހަތް ދުވަސް ވަނީ އިތުރުކޮށްފަ އެވެ. ބާކީ ތިބި ހަތަރު މީހުން ބަންދުގައި ބައިތިއްބަން ފުރަތަމަ ދިނީ ހަތް ދުވަހެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މީހުންގެ ތެރެއިން އިރުފާން އާއި ނަސީރުގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އަދި ޝަރީފް އާއި، ފުރުޤާން އާއި، ވަޖީޙް އާއި ޝިނާންގެ ބަންދަށް ޖަހާފައިވަނީ 10 ދުވަހެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު އާއި، ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުން ކަމަށެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

"މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖޭން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު އަށް ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ހިންގި އޮޕަރޭޝަންގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި އެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި، އެތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން