އިންތިޤާލީ އިންސާފުގެ ޤާނޫން ތަސްދީޤު ކުރެއްވުމުން އެމްޑީޕީގެ އެޖެންޑާ 19 ގެ އިންސާފްގެ ވައުދުގައި ހިމެނޭ ގިނަ ޤާނޫންތައް ފާސްވެ ނިމިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެ ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.
އެޤާނޫނު އިއްޔެ ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރަށްވާފައިވާތީ، އެކަމަށް މަރުޙަބާ ދަންނަވައި ރައީސް ނަޝީދު ވިދާޅުވީ، އިންތިޤާލީ އިންސާފުގެ ޤާނޫން ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން އެމްޑީޕީގެ އެޖެންޑާ 19 ގެ އިންސާފްގެ ވައުދުގައި ހިމެނޭ ގިނަ ޤާނޫންތައް ފާސްވެ ނިމިފައިވާ ކަމަށެވެ. އެޖެންޑާ ނަވާރައިގައި އެމްޑީޕީން ހުށައެޅި މައިގަނޑު އެއް ތަޞައްވަރު ކަމަށްވާ އިންތިޤާލީ އިންސާފުގެ ތަސައްވަރުގައި އިންތިޤާލީ އިންސާފު ޤާއިމްކުރުމާއި، ޝަރުޢީދާއިރާގެ އޮނިގަނޑު އިސްލާޙް ކުރުމާއި، ޕަބްލިކް ޑިފެންޑަރސްގެ އޮފީސް ޤާއިމްކުރުމުގެ އިތުރުން ޖަވާބުދާރީ ކުރުވަނިވި ދަޢުލަތެއް ބިނާކުރުން ހިމެނެއެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވަނީ އެޤާނޫން ތަސްދީޤުވުމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، ބަންޑާރަނާއިބަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، މުވައްޒަފުންނަށް ސާބަހާއެކު މަރުޙަބާ ދަންނަވާފައެވެ.
އިންތިޤާލީ އިންސާފުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވަނީ، މި ޤާނޫނުގެ ދަށުން އުފައްދަންޖެހޭ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ވެސް އިއްޔެ އުފައްދަވާފައެވެ.

Inthiqaalee Insaaf ge Qaanoon Raeesul Jumhooriya thasdheeq kurevvumaai eku MDP ge Agenda19 ge Insaaf ge vaudhugai himeney gina qanoon faasve nimunee. Mihenkamun RJ @ibusolih, Majlis ge enmehaa memberun, AG adhi Majlis ge muvazzafunnah saabahaai eku varah marhaba dhannavan pic.twitter.com/HrsZk4gvdd
— Mohamed Nasheed (@MohamedNasheed) December 18, 2020
ރައީސް ނަޝީދުގެ ޓްވީޓްގައި ވަނީ އެޤާނޫން ތަސްދީޤުވުމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، ބަންޑާރަނާއިބަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، މުވައްޒަފުންނަށް ސާބަހާއެކު މަރުޙަބާ ދަންނަވާފައެވެ.
އިންތިޤާލީ އިންސާފުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވަނީ، މި ޤާނޫނުގެ ދަށުން އުފައްދަންޖެހޭ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ވެސް އިއްޔެ އުފައްދަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު