މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށް ފަތުރުވެރިކަމާބެހޭ ދާއިރާގެ މާހިރުން ލަފާކުރަމުން އައި ޢަދަދުތައް ފަހަނަ އަޅައި އުންމީދީ މަންޒަރެއް ފަތުރުވެރިކަމުގެ ދާއިރާއިން ފެންނަން ފަށައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލިފަހުން ސަރުކާރުން އަމާޒު ހިފާފައި ހުރީ މިއަހަރު ރާއްޖެއަށް ފަސްލައްކަ ފަތުރުވެރިން ގެނައުމަށެވެ. ސަރުކާރުގެ އެ އަމާޒު މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ޙާސިލްވެފައެވެ. ރާއްޖެ އަށް ޒިޔާރަތްކުރި ފަސް ލައްކަވަނަ ފަތުރުވެރިޔާ އަކީ ޖަރުމަނަވިލާތުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިއެކެވެ.
އޭގެ ފަހުން މިއަދުވެސް ރާއްޖެއިން ވަނީ އެފަދަ ކާމިޔާބެއް ހޯދާފައެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މަޢުޞޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނެއްކާ ވެސް ގިނަ ޢަދަދަކަށް ފަތުރުވެރިން އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށް މިއަދު އައު ރެކޯޑެއް ހަދާފައިވާ ކަމަށެވެ.
އެ ގޮތުން މިއަދު 4567 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޑރ. މަޢުޞޫމް ވިދާޅުވެފައިވެއެވެ.
ޑރ. މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ޙާސިލްވަމުންދާ ކާމިޔާބަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހާ އިސްފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ. މިހާރު ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް 4000 އަށް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ "ބޫމް" އެއް އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށާއި، އަންނަ އަހަރު 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް މިހާރު އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

Another record day of daily tourist arrivals to #Maldives since border reopening. Today we surpass the beautiful number of 4567 tourists on a single day.
— Abdulla Mausoom (@Mausoom_Maus) December 19, 2020
Thank you ALL for your contributions towards #Maldives tourism recovery. #TogetherWeCan @visitmaldives #VisitMaldivesNow
ޑރ. މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ޙާސިލްވަމުންދާ ކާމިޔާބަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހާ އިސްފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ. މިހާރު ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް 4000 އަށް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ "ބޫމް" އެއް އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށާއި، އަންނަ އަހަރު 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް މިހާރު އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު