މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާދިލް ސަލީމް
މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާދިލް ސަލީމް
ބާނާ ހުރިހާ މަހެއް ކިރުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމު އަދާކުރެއްވި މުޙައްމަދު އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް މަސްވެރިންނަށް ހަމައަގު ނުލިބޭ މައްސަލާގައި މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް އިޙްތިޖާޖް ކުރަން ފަށާފައިވާއިރު، ހއ. އިހަވަންދޫ މަސްވެރިންވެސް މިއަދު ވަނީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ގޮވާލައި އެރަށުގައި އިޙުތިޖާޖް ކޮށްފައެވެ. އަދި އެ އިޙްތިޖާޖަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ތާޢީދު ކޮށްފައިވާއިރު، އެ ޔޫއިއަނުން ބުނެފައިވަނީ މަސްވެރިން ބާނާ މަސް ވަގުތުން ކިރައި މަސްވެރިންނަށް އެކަށީގެންވާ އަގެއް ލިބެން ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން މަސްވެރިކަމުގެ ދާއިރާގެ ހިންގެވުމުގެ އިސް މަޤާމުތަކެއް އަދާކުރެއްވި މިފްކޯގެ ކުރީގެ އެމްޑީ، އަދި ކޫއްޑޫގެ ކުރީގެ ޗެއާމަން އާދިލް ސަލީމް ވިދާޅުވީ މި ދަނޑިވަޅުގައި ބޭނުންވަނީ މަސްވެރިންނަށް ވާނުވާ ބުނެދީ ލީޑަރޝިޕް ދައްކާނެ ބައެއް ކަމަށެވެ. އަދި ސަރުކާރާ މަސްވެރިކަމުގެ ސިނާޢަތުގެ ހުރިހާ ފަރާތްތައް ގުޅިގެން މިވަގުތު މަސައްކަތް ފަށަން ވެއްޖެ ކަމަށް އާދިލް ސަލީމް ވިދާޅުވިއެވެ.

"ބާނާ ހުރިހާ މަހެއް ވަގުތުން ނުކިރޭނެ. ކޮންމެ ދޯންޏެއް ކައިރިކުރާ ދިމާލުގައި ކެރޭނެއް ނުބެހެއްޓޭނެ. ހުރިހާ ދޯނިން އެއްފަހަރާ މަސް ނަގަން މުވައްޒަފުންވެސް ނުތިބޭނެ." އާދިލް ސަލީމް ވިދާޅުވިއެވެ.



މަސްވެރިން ކުރަމުންދާ އިޙްތިޖާޖްތަކާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ، މަސްވެރިން ކުރަމުންދާ އިޙްތިޖާޖުގެ އަޑު ކަމާބެހޭ ފަރާތްތަކުން ކަނުލައި އަހައި، މަސްވެރިންގެ ކަންބޮޑުވުންތަކަށް މާނަވީ ޙައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި މަސްވެރިންނަށް ޖޯކް ޖެހުން ހުއްޓާލުމަށާއި، އިޙްތިޖާޖް ކުރަމުންދާ މަސްވެރިންނާއެކުގައި ތިބި ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.

އިތުރަށް އެ ޔޫނިއަނުން ބުނެފައިވަނީ، މަސްވެރިން ބާނާ މަސް ވަގުތުން ކިރާ އެޔަށް އެކަށީގެންވާ އަގު ލިބެންޖެހޭ ކަމަށެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު ކޮންމެ މަސްވެރިޔަކަށް މަހަކު 22 ހާސް ރުފިޔާ މިހާރު ލިބޭކަމަށް ވިދާޅުވުމާއި ގުޅިގެން މަސްވެރިން ވަނީ އެކަން ދޮގުކޮށް އެއީ އެކަމަނާ މަސްވެރިންނަށް ކުރި މަލާމާތެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

މިއަދު ހއ. އިހަވަންދޫގައި މަސްވެރިން އިޙްތިޖާޖް ކޮށްފައިވާއިރު، މީގެ ކުރިން މަސްވެރިންގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން މިމަހުގެ 22 ވަނަ ދުވަހު މަސްވެރިން ވަނީ ފެލިވަރުގައި ހުންނަ މިފްކޯ އޮފީސް ކައިރިއަށް ޖަމާވެ އަޑުއުފުލާފައެވެ. އެ އިޙްތިޖާޖުގައި މަަސްވެރިން ވަނީ މަހުގެ ހަމައަގު ހޯދައިދިނުމަށާއި، އައިސް ލިބުން ފަސޭހަކޮށް އަގުހެޔޮކޮށްދިނުމާއެކު މަސްވެރިންގެ އަޑު ސަރުކާރުން އެހުމަށް އެދިފައެވެ. އަދި މިއަހަރުގެ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ، ކަންނެލި މަސްވެރިކަން ކުރާ 70 އަށްވުރެ ގިނަ ދޯނި ބައިވެރިވެ ކަނޑުމަތީގެ ބޮޑު އިޙްތިޖާޖެއްވެސް ކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ސަރުކާރާ ޙަވާލުވާތާ ދޮޅު އަހަރުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހަދާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް ރައީސް ޞާލިޙްގެ އެ ވަޢުދު ފުއްދެވުމުގައި މަސްވެރިކަމާބެހޭ ވަޒީރާއި، މިފްކޯގެ މެނޭޖްމަންޓް ވަނީ ވަރަށް ބޮޑަށް ފެއިލްވެފައިކަމަށް މަސްވެރިންދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


7

ކިނބޫ

27-Dec-2020

ދެން ތަންތާ ފޮތި ދަމާ މުންޖޭ ގޮވީ ކޯޗެއް ހަނދާން ކުރަންކަން ބުނެދޭންވީނު ބްލޫފިލްމުސްޓާރު



ޓްރެންޑިން