ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ރެކޯޑަކަށްފަހު ރެކޯޑެއް މުގުރަމުން އައިސް މިއަދުވެސް 6000 ފަތުރުވެރިންނާއެކު އައު ރެކޯޑެއް ރާއްޖެއިން ޤާއިމްކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލިފަހުން ސަރުކާރުން އަމާޒު ހިފާފައި ހުރީ މިއަހަރު ރާއްޖެއަށް ފަސްލައްކަ ފަތުރުވެރިން ގެނައުމަށެވެ. ސަރުކާރުގެ އެ އަމާޒު މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ޙާސިލްވެފައެވެ. ރާއްޖެ އަށް ޒިޔާރަތްކުރި ފަސް ލައްކަވަނަ ފަތުރުވެރިޔާ އަކީ ޖަރުމަނަވިލާތުން ރާއްޖެ ޒިޔާރަތްކުރި ކިއަރސްޓަން މެޑަލިން ނިޓްކަ ކިޔާ އަންހެނެކެވެ. އެމިރޭޓްސްގެ ފްލައިޓެއްގައި އޭނާ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖެ އަށް އައީ އެދުވަހު ހެނދުނު 11:05 ހާއިރުއެވެ.
އޭގެ ފަހުން މިއަދުވެސް ރާއްޖެއިން ވަނީ އެފަދަ ކާމިޔާބެއް ހޯދާފައެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މަޢުޞޫމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނެއްކާ ވެސް ގިނަ ޢަދަދަކަށް ފަތުރުވެރިން އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށް މިއަދު އައު ރެކޯޑެއް ހަދާފައިވާ ކަމަށެވެ.
އެ ގޮތުން މިއަދު ހަހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޑރ. މަޢުޞޫމް ވިދާޅުވެފައިވެއެވެ.
ޑރ. މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ޙާސިލްވަމުންދާ ކާމިޔާބަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހާ އިސްފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ. މިހާރު ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް 4000 އަށް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ އުންމީދު ނުކުރާވަރުގެ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިމަހު އެކަނިވެސް ރާއްޖެއަށް 77000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. ސަރުކާރުގެ އެއަމާޒުވެސް މިހާރުވަނީ ޙާސިލްކޮށްފައެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށާއި، އަންނަ އަހަރު 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް މިހާރު އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަން ނުހިމަނައި ދުނިޔޭގެ 23 އެއާލައިނަކުން މިހާރު އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.

New record of tourist arrivals on a single day since Maldives reopened borders. It's #SixThousand (6,000) plus tourists today. Thanks and Congratulations to industry partners, related authorities, lovely tourists and the charming people of #Maldives.
— Abdulla Mausoom (@Mausoom_Maus) December 27, 2020
Love you ALL very much.
ޑރ. މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ޙާސިލްވަމުންދާ ކާމިޔާބަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހާ އިސްފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ. މިހާރު ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް 4000 އަށް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ އުންމީދު ނުކުރާވަރުގެ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިމަހު އެކަނިވެސް ރާއްޖެއަށް 77000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. ސަރުކާރުގެ އެއަމާޒުވެސް މިހާރުވަނީ ޙާސިލްކޮށްފައެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށާއި، އަންނަ އަހަރު 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް މިހާރު އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަން ނުހިމަނައި ދުނިޔޭގެ 23 އެއާލައިނަކުން މިހާރު އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު