ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
މަސްގުވާތަކެތީގެ ހުރިހާ ބާވަތްތަކެއް ޖަލުން ލިބެން ހުންނަ ކަމަށާއި އެންމެ ފުރަތަމަ ހުއްޓުވަންވީ ކަމަކީ އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި އަތުލައިގަނެ ބައެއް މީހުން ހައްޔަތުކޮށްފައިވާ ކަމަށްބުނާ ޚަބަރެއް ރިޓްވީޓް ކުރަށްވައި މެމްބަރު ނިހާދު ވިދާޅުވީ، މަސްތުވާތަކެތި ޖަލަށް ވެއްދޭނީ އެތަން ބަލަހައްޓާ މީހުންނާއި، ފުލުހުންނަށް ކަމަށެވެ. އަދި ހުރިހާ ބާވަތް ތަކުގެ މަސްތުވާތަކެތި ޖަލުން ލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު ނިހާދު އިތުރަށް ވިދާޅުވީ، ބާރުގަދަ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ޖެހޭ ކަމަށާއި، ޤައުމުގެ ޒުވާނުން އެ ބަލިން ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ ހުއްޓުވަންވީ ޒުވާނުން އިސްލާހުކުރުމަށް ވައްދާ ޖަލުތަކަށް މަސްތުވާތަކެތިވަންނަ މަގުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖަލުން ނުލިބޭ އެއްޗެއް ނުހުރޭ. އެކަމަކު ސީސީޓީވީ ހުރޭ. ސެކިއުރިޓީ ހައި. އެންމެ ފުރަތަމަ ހުއްޓުވަންޖެހޭ އެއްތަން." ނިހާދު ވިދާޅުވެފައިވެއެވެ.

ފަހަކަށް އައިސް ފުލުހުން ގެންދަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ފާއިތުވި 2 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑު 3 އޮޕަރޭޝަނެއްގައި 200 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވެއެވެ. އޭގެތެރެއިން ބައެއް ތަކެތި މިއަދު ފުލުންވަނީ ނައްތާލާފައެވެ.

އެގޮތުން މިއަދު ނައްތާލާފައިވަނީ 2020 ސެޕްޓެމްބަރު 8 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި 2020 އޮކްޓޯބަރު 1 ވަނަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާޙީމް އާއި އިތުރުބަޔަކު ބައިވެރިގެން ދިވެހިރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެއްޗާއި 2020 އޮކްޓޯބަރ 12 ވަނަ ދުވަހު ގއ.ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރުބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެއްޗެެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 203.07 ކިލޯގްރާމެވެ. މިތަކެތީގެ މަގުމަތީގެ އަގު 203،123،830.00 ރުފިޔާއަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން