ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

މަންޒަރު ދުށް ފަރާތަކުން "ރަސް އޮންލައިނަށް" މަޢުލޫމާތު ދީފައިވަނީ، މާލޭ މަޖީދީމަގު އަގޯރާ ފިހާރަ ކުރިމަތިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި ތަކެތި އަތުލައިގެންފައިވަނީ، ގިނަ ޢަދަދެއްގެ ފުލުހުން ކުލަ ހެދުމުގައި ފާރަލުމަށްފަހު ކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

އާއަހަރު ފާހަގަ ކުރުމަށް މާލޭގައި މިރޭ ރާވާ ޙަރަކާތްތަކާ ގުޅިގެން ފުލުހުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. ފުލުހުން މިހާރު ވަނީ މާލޭ މަޖީދީމަގުން މަސްތުވާތަކެތި އަތުލައިގަތް ހިސާބު ބަންދު ކޮށްފައެވެ. މީގެ އިތުރުން އާއަހަރު ފެށުމާ ދިމާކޮށް ފުލުހުން ހިންގަމުން ދާ ޚާއްސަ އޮޕަރޭޝަން ގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ވިލިމާލެ ހޮސްޕިޓަލު ސަރަހައްދުން މިރޭ ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.

ނަމަވެސް މިޚާއްސަ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން