ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓުގައި ލަފާކުރި ޢަދަދަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ކޯވިޑް-19 އާ ގުޅިގެން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19 ގެ އެންމެ ގޯސް ޙާލަތުގައިވެސް ރާއްޖެ އަށް 450134 ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި 2021 ވަނަ އަހަރު 641921 ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށްވެސް މަޖިލީހުން ލަފާކޮށްފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރު ރާއްޖެއަށް ވަނީ އެ ޢަދަދަށްވުރެ އެއްލައްކަ ފަތުރުވެރިން އިތުރަށް ޒިޔާރަތް ކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555231 ފަތުރުވެރިން ކަމަށެވެ. މިއީ ސަރުކާރުން ލަފާކުރި މިންވަރަށް ވުރެވެސް އިތުރު ޢަދަދެކެވެ. ރައީސް ނަޝީދުގެ ޓްވީޓްގައި މިރޭ ވިދާޅުވެފައިވަނީ މަޖިލީހުން ލަފާކޮށްފައިވަނީ 450 ހާހާއި، 641 ހާހާއި ދެމެދުގެ ޢަދަދެއްގެ ފަތުރުވެރިން މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ.



ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް 2020 ވަނަ އަހަރުގެ މާރޗު މަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި ފަދަ "އިކޮނޮމިކް ބޫމް" އެއް އައިސް މިދިޔަ އަހަރުގެ ފަހުކޮޅު ވެގެން ދިޔައީ ރާއްޖޭގެ ރިސޯޓުތައް ފުރާލައި، ފަތުރުވެރިކަން މެކުހަށް ޖަހާލި ދުވަސްވަރަކަށެވެ. ރާއްޖޭގެ ބޯޑަރ ހުޅުވާލިފަހުން ރާއްޖެއަށް 172366 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޑިސެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 96225 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން މިދިޔަ އަހަރު އައިސްފައިވަނީ ރަޝިއާ އާއި އިންޑިއާ އަދި ޔޫކޭ، އެމެރިކާގެ އިތުރުން ޖަރުމަނުންނެވެ. އަހަރު ނިމުނު އިރު 26 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރަން ފަށާފައި ވެއެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އެޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކިނބުލާ

05-Jan-2021

އާނއެކޭ ކަލެއަކީ ބަޔަކުމީހުންގެ ކަލާނގެއޭ. ކަލޭ ބުނާ ގޮތަށް ކަންކަން ހިގާނެ ކަމަށޭ އެމީހުން ދެކެނީ. އަހަރުމެން ގައިކޮޅުގައިގާ....



ޓްރެންޑިން