ކ. މާފުށީ ޖަލު ފަޅާލާފައި ނުވާ ކަމަށާއި، ޖަލަށް ބޭރުން ބަޔަކު ވަދެފައިވެސް ނުވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
މިރޭ ފުލުހުންނާއި، ޕްރިޒަން އޮފިސަރުން ގުޅިގެން ވަނީ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސް ބަލާ ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
ކޮމިޝަނަރ އަހްމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނައި ކަމަށެވެ. އެހެން ނަމަވެސް ޖަލުން އެއްވެސް ގައިދީއަކު ފިލާފައި ނުވާކަން ކަށަވަރުކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ވެސް ވަނީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ޕްރިޒަން އޮފިސަރުންނާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދާ ކަމަށް ބުނެފައެވެ. އަދި ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު މަދު ނޫން ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމިޝަނަރ އަޙްމަދު ވިދާޅުވީ، ޖަލަށް ބޭރުން ބަޔަކު ވަދެފައިވެސް ނުވާކަމަށެވެ. އެހެންކަމުން މާފުށީ ޖަލު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތް ކަމުގެ މައުލޫމާތު ލިބިގެން ބެލި ބެލުމުން އެއްވެސް ފަރާތެއް ޖަލު ސަރަހައްދަށް ވަދެފައި ނުވާ ކަމަށާއި އަދި އެއްވެސް ގައިދީއެއް ޖަލުން ފިލާފައި ނުވާކަން ކަށަވަރު ކުރެވިފައިވާތީ ޖަލު ވަނީ އާންމު ހާލަތަށް ގެނެވިފައި
— Ahmed Mohamed (@ahumadhumohamed) January 6, 2021
ފުލުހުން ވެސް ވަނީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ޕްރިޒަން އޮފިސަރުންނާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދާ ކަމަށް ބުނެފައެވެ. އަދި ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު މަދު ނޫން ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމިޝަނަރ އަޙްމަދު ވިދާޅުވީ، ޖަލަށް ބޭރުން ބަޔަކު ވަދެފައިވެސް ނުވާކަމަށެވެ. އެހެންކަމުން މާފުށީ ޖަލު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު