އެމްޑީޕީގެ ބާރު ހިނގާ ވެރިކަމެއްގައި އައްޑޫސިޓީ ބާކީ ނުކުރާނެ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުގައި އައްޑޫ ސިޓީ ބާކީކޮށް، އެ ސިޓީގެ ރައްޔިތުންނަށް ޙައްޤުވާ މިންވަރަށް ތަރައްޤީ ގެނަސްނުދޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގެ ބާރު ހިނގާ ސަރުކާރެއްގައި އައްޑޫސިޓީ ބާކީ ނުކުރާނެ ކަމަށެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި، ރައީސް މުޙައްމަދު ނަޝީދުގެ ބާރު ސަރުކާރުގައި ހިނގާނަމަ އެއްވެސް ތަފާތުކުރުމެއްނެތި މުޅި ރާއްޖޭގައި ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
"އަދި ވަކިން ޚާއްސަކޮށް އައްޑޫސިޓީ ބާކީ ނުކުރަށްވާނެ. މިހާރުވެސް ދަނީ ކުރިޔަށް އަދި ކުރިޔަށް އޮތީ މާ އުޖާލާ ދުވަސްތަކެއް." މެމްބަރު ނިހާދު ވިދާޅުވިއެވެ.
އައްޑޫ އަށް އެކަށީގެންވާ ތަރައްޤީއެއް ނާންނަ ކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވެފައިވަނީ، ރަނގަޅަށް ޕްލޭންކޮށްގެން، އައްޑޫގެ ތަރައްޤީ މި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. އަދި އައްޑޫގެ މަގުތައް ހެދުން ލަސްވެފައިވަނީ ކޯވިޑްގެ ސަބަބުން ކަަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ މިހާރުވެސް އައްޑޫގައި ގޭދޮށު 3 މަސްފެކްޓްރީ އަށް ފަންޑް ހަމަޖެހި ބިމާއެކު ޙަވާލު ކޮށްފައި ވާ ކަމަށެވެ. އަދި މިފްކޯގެ މަސް ފެކްޓްރީގެ ބަނދަރު ފުންކޮށް ރަނގަޅޫ ފެންވަރުގެ ބަނދަރަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފްކޯ މަސް ފެކްޓަރީއަށް އިތުރު އިންވެސްޓްމަންޓްސް މިއަހަރު ފެށޭނެ ކަމަށާއި، ގެސްޓްހައުސް ބިންތައްވެސް މިވަގުތު އޮތީ ބިޑް ކުރެވި އިވެލުއޭޝަން މަރުޙަލާގައި ކަމަށެވެ.
އައްޑޫގައި މިވަގުތު އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށްވާ ފްލައިން ސްކޫލްގެ މައްސަލާގައި ނިހާދު ވިދާޅުވީ އެސްކޫލްގެ މައްސަލައަށްވެސް ސަރުކާރުން އަވަސް ޙައްލެއް ހޯއްދަވާނެ ކަމަށެވެ. އަދި އައްޑޫ ފްލައިންގ ސްކޫލްގައި އެއަރކްރާފްޓް އިންޖިނިއަރިންގ ކޯސްތައް ފެށުމަށް ދެފަހަރު އިޢުލާން ކޮށްފައިވާ ކަމަށާއި، މިހާރު 3 ވަނަ ފަހަރަށް އިޢުލާނު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ނިހާދު ވިދާޅުވިއެވެ.

Raeesul Jumhooriyyaa @ibusolih aai Raees @MohamedNasheed ge baaru hingaa verikamehgai thafaathu kurumeh nethi tharaggee ge biya mashroou hingaane adhi vakin khaassa koh #AdduCity baakee nukurahvaane! Mihaaruves dhanee kuriyah adhi kuriyah othee maa ujaalaa dhuvas thakeh! #KKBK pic.twitter.com/yL4MdSitrv
— Feydhoo Meehaa (Mohamed Nihad) (@nihad_m) January 7, 2021
އައްޑޫ އަށް އެކަށީގެންވާ ތަރައްޤީއެއް ނާންނަ ކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވެފައިވަނީ، ރަނގަޅަށް ޕްލޭންކޮށްގެން، އައްޑޫގެ ތަރައްޤީ މި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. އަދި އައްޑޫގެ މަގުތައް ހެދުން ލަސްވެފައިވަނީ ކޯވިޑްގެ ސަބަބުން ކަަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ މިހާރުވެސް އައްޑޫގައި ގޭދޮށު 3 މަސްފެކްޓްރީ އަށް ފަންޑް ހަމަޖެހި ބިމާއެކު ޙަވާލު ކޮށްފައި ވާ ކަމަށެވެ. އަދި މިފްކޯގެ މަސް ފެކްޓްރީގެ ބަނދަރު ފުންކޮށް ރަނގަޅޫ ފެންވަރުގެ ބަނދަރަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފްކޯ މަސް ފެކްޓަރީއަށް އިތުރު އިންވެސްޓްމަންޓްސް މިއަހަރު ފެށޭނެ ކަމަށާއި، ގެސްޓްހައުސް ބިންތައްވެސް މިވަގުތު އޮތީ ބިޑް ކުރެވި އިވެލުއޭޝަން މަރުޙަލާގައި ކަމަށެވެ.
އައްޑޫގައި މިވަގުތު އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށްވާ ފްލައިން ސްކޫލްގެ މައްސަލާގައި ނިހާދު ވިދާޅުވީ އެސްކޫލްގެ މައްސަލައަށްވެސް ސަރުކާރުން އަވަސް ޙައްލެއް ހޯއްދަވާނެ ކަމަށެވެ. އަދި އައްޑޫ ފްލައިންގ ސްކޫލްގައި އެއަރކްރާފްޓް އިންޖިނިއަރިންގ ކޯސްތައް ފެށުމަށް ދެފަހަރު އިޢުލާން ކޮށްފައިވާ ކަމަށާއި، މިހާރު 3 ވަނަ ފަހަރަށް އިޢުލާނު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ނިހާދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު