ރައީސް މައުމޫނުގެ ވަދާޢީ ތަޤްރީރުން ފެންނަނީ އެ މަނިކުފާނު މުޅި ދުނިޔެއަށް ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާ ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ތަރިކައާއި ސަޤާފަތާއިބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޔުމްނާ މި ބީދައިން ވިދާޅުވެފައިވަނީ، އެމެރިކާގެ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމާ ގުޅިގެން، ރައީސް މައުމޫން 30 އަހަރަށްފަހު ވެރިކަމުގެ ބާރުތައް ޙަވާލުކުރެއްވި އޮމާންކަމަށް ގިނަ ބަޔަކު ތަޢުރީފު ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާޢީލް ޙަބީބްވެސް ވަނީ، 30 އަހަރުވަންދެން ވެރިކަން ކުރެއްވުމަށް ފަހު ވެރިކަމުގެ ބާރުތައް ރައީސް ނަޝީދަށް ޙަވާލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ހިތްވަރުފުޅަށް ސެލިއުޓް އަރުވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ވަދާޢީ ތަޤްރީރުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ދޫކޮށްލައްވައި، އޮފީހުން ނުކުމެވަޑައިގެންނެވުމަށް ތައްޔާރުވަމުންދާއިރު، މަޤާމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި، ލޮބުވެތި ރައްޔިތުން ދެއްވި މަތިވެރި ތާއީދާއި އެއްބާރުލެއްވުމަށްޓަކައި، ޝުކުރު ދަންނަވާ ކަަމަށެވެ. އަދި އެމަނިކްފާނާ ވާދަކުރަށްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ނަޝީދަށް އެމަނިކުފާން ވަނީ މަރުޙަބާ ދަންނަވާފައެވެ.
"މާދަމާ ދިވެހި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން، ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންނާ އެހެން ބޭފުޅަކު ބައްދަލުކުރައްވާނެ. ޤައުމާ މުޚާޠަބު ކުރައްވާނެ. ކުރިއަށް އޮތް ތާނގައި ޤައުމުގެ މިސްރާބު އޮންނާނެގޮތުގެ ތަޞައްވުރެއް ދެއްވާނެ. މާދަމާ ޤައުމާ އެ ޙަވާލުވެވަޑައިގަންނަވަނީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަފަހަރަށް ބޭއްވުނު ގިނަ ޕާޓީތައް ވާދަކުރި ރިޔާސީ އިންތިޚާބުން ތާރީޚީ ކާމިޔާބީއެއް ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަޤާމާ ޙަވާލުވެވަޑައިގަންނަވާ ވެރިޔެއް. ތިޔައިން ހަމަ ކޮންމެ ބޭފުޅެކޭ އެއްފަދައިން، އަޅުގަނޑުވެސް، އަޅުގަނޑުމެންގެ ޤައުމުގެ މާދަމާގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދަށް، ހުރިހާވެސް ހެޔޮއެދުމަކާއި ހުރިހާވެސް ތަހުނިޔާއެއް ފޮނުވައި، ހުރިހާވެސް ކާމިޔާބީއަކަށާއި ހުރިހާވެސް ފާގަތިކަމަކަށް އެދެން." ރައީސް މައުމޫންގެ ވަދާޢީ ތަޤުރީރުގައި ވިދާޅުވެފައިވެއެވެ.
އަދި ރިޔާސީ އިންތިޚާބުގައި، ރައީސް މައުމޫނަށް ތާއީދުކުރެއްވި ރައްޔިތުންނަށް އެމަނިކުފާނު ކުރެއްވި އިލްތިމާސްގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، އެކަމަށް އިޙްތިރާމްކޮށް، ކާމިޔާބީ ހޯއްދެވި ފަރާތަށް މަރުޙަބާ ދަންނަވައި، ސަރުކާރާ ޙަވާލުވެވަޑައިގެން ސަރުކާރު ހިންގެވުމުގެ ފުރުޞަތު އެމަނިކުފާނަށް އެރުވުމަކީ، ދީމުޤްރާތީ އުސޫލު ނިޔާކުރާ ގޮތުގެ މަތިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ނުލިބުމުން، ދެރަވުމަށްވުރެ ބޮޑަށް އިސްކުރަންޖެހޭނީ، ޤައުމަށްޓަކައި އޮތް ލޯބި. ޤައުމުގެ ޑިމޮކްރަސީއަށް ކުރާ އިޙްތިރާމް." ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
އަދި ދިވެހިން ދައްކަންވާނެ ނަމޫނާއަކީ، ޤައުމު ބައިބައިވުމުން ސަލާމަތްކޮށް، ވެފައިވާ ޒަޚަމްތަކަށް އަވަސް ޝިފާއެއް ހޯދުން ކަމަށާއި، ދިވެހިންގެ ޑިމޮކްރަސީއަކީ، ދިވެހިން ފަޚުރުވެރިވާ ޑިމޮކްރަސީއަކަށް ހެދުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ދިވެހި ޤައުމަކީ، ޞުލްޙަވެރިކަމާއެކު، އެއް ސަރުކާރަކުން އަނެއް ސަރުކާރަކަށް ބާރުތައް ބަދަލުވާ ޤައުމަކަށް ވާންޖެހޭނެ ކަމަށާއި، އިންތިޚާބުތަކުގައި ސިޔާސީ ފިކުރު ބައިބައިވިޔަސް، އިންތިޚާބުތައް ނިމުމުން، އެއް ވެރިޔެއްގެ ފަހަތުގައި، ދިވެހި ސަފުތައް ރުކުރުވާލަން ވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވަދާޢީ މި ތަޤުރީރަކީ އެމަނިކުފާނަށް ތާއީދު ކުރި ގިނަ ބައެއްގެ ލޮލުން ކަރުނަ އޮހޮރުވާލި ވަރަށް ޢިބުރަތްތެރި އަސަރުގަދަ ތަޤުރީރެކެވެ.

ރައީސް މައުމޫނުގެ ވަދާޢީ ތަޤްރީރުން ފެންނަނީ އެ މަނިކުފާނު މުޅި ދުނިޔެއަށް ދެއްކެވި ޑިމޮކްތަސީގެ ރީތި ނަމޫނާ: @maumoonagayoom @MRM_Office @MrmWomen @MRM_Youth pic.twitter.com/KLzlVCQTvC
— Yumna Maumoon (@yumna_maumoon) January 8, 2021

ކިޔުންތެރިންގެ ހިޔާލު