ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތައް ދަޢުލަތުގެ ތެރޭގައި ތިބި ބައެއް މީހުންނާއި ގުޅިފައިވާކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ތުޙުމަތު ކުރަށްވައިފިއެވެ.
ޢުމަރު މިފަދަ ތުޙުމަތެއް ދަޢުލަތުގެ އިދާރާތަކަށް ކޮށްފައިވަނީ، ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައާ ގުޅިގެން ކުރި ދައުވާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމަވާފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޢުމަރު ނަސީރު ވިދާޅުވީ، އެ މައްސަލަ އިސްތިޢުނާފް ނުކުރުމަށް ޕީޖީ އޮފީހުން ނިންމުމުން އެކަމުން ދައްކުވައިދެނީ މަސްތުވާ އެއްޗެހި ވިއްކާ މީހުންގެ މޫތައް ދަޢުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިން ކަމަށެވެ. އަދި އެ މޫތަކުގެ ވަރުގަދަ ކަމުގެ ސަބަބުން ޤާނޫނުގެ ބާރު ކެނޑިފައިވާ ކަމަށް ޢުމަރު ވިދާޅުވިއެވެ.
"މި މޫތައް ކަނޑާލާ، މި ދަޢުލަތް ސަލާމަތް ކުރެވޭނީ ޤައުމަށް އިޚްލާސްތެރި، ހަރުދަނާ، ޢަޒުމް ވަރުގަދަ ވެރިކަމެއް ޤާއިމް ކުރެވިގެން." 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ޢުމަރު ނަސީރު ވިދާޅުވެފައިވެއެވެ.
ޢުމަރު ވިދާޅުވީ، އެ މޫތައް ކަނޑާލާ ދުވަސް ދިވެހިން އަދި ދެކޭނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ނުރައްކަލުން ޢާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖްތަމަޢެއް ދިވެހިން ދެކޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.
އޭޕްރީލް 29، 2019 ގައި ލޯންޗަކުން ގދ. ހުޅުވާރުލަށް މަސްތުވާތަކެތި ގެނެސް ޑިންގީއަކަށް އަރުވައިގެން ރަށަށް ބާލައި އެތަކެތި އެރަށުގައި ވަޅުލިކަމުގެ ތުހުމަތުގައި ދަޢުލަތުން ފަސް މީހަކަށް ދައުވާކުރިއެވެ. އެއީ ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލާއި ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލާއި ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދުގެ އިތުރުން ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދެވެ.
އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކޮށްފައިވާއިރު އެކަކުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ ކޮށްފައެވެ. މި މައްސަލަ ގދ. ގައްދޫ ކޯޓަށް ހުށައަޅާފައިވަނިކޮށް މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި މައްސަލަ އެންމެ ފުރަތަމަ ޕީޖީ އޮފީހުން ހުށައެޅީ ކްރިމިނަލް ކޯޓަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހަޅަން ޖެހޭނީ އެ ކުށެއްގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަށް ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ފަސް މީހަކަށް ގދ. ގައްދޫ ކޯޓުގައި ކުރި ދައުވާގައި، އޭގެ ތެރެއިން ހަތަރު މީހެއްގެ ބައި ކޯޓުން ބޭރުކޮށްލީ ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުން ދައުވާ ކުރުމުންނެވެ. އެކަމަކު ތަހުގީގުގައި ފުލުހުން ހަދާފައި ހުރި ބޮޑެތި ގޯސްތަކެއް ވެސް އެ މައްސަލާގައި ކޯޓުން ފާހަގަކުރި އެވެ. އޭގެ ތެރޭގައި ޕީޖީން ލަހުން ދައުވާ ކުރުމާއި މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަންގައި މީސްމީހުންގެ ގޭގެއަށް ކޯޓު އަމުރެއް ނެތި ވަނުމާއި ތުހުމަތުވި ބައެއް މީހުން ހައްޔަރު ނުކޮށް އަދި ކޯޓު އަމުރެއް ވެސް ނެތި ގިނަ އިރުތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމާއި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.
ކޯޓުން މި މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިޢުނާފް ނުކުރުމަށް ދަޢުލަތުން ނިންމާފައިވާތީ އެކަން މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށްވެސް ހުށައަޅާފައެވެ. އެގޮތުން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލާގައި އިހުމާލުވެފައިވާތީ އެކަން ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މައްސަލާގައި ވެފައިވާ އިހުމާލުތަކުގެ މައްސަލަ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން އިއްޔެ އެމައްސަލަ މަޖިލީހަށް ހުށައަޅާފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި އެއް ތަނަކުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީއަގު އޭރު 260 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު