ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ދެ ޤާޟީއެއްގެ ސުލޫކީ މައްސަލަ ބެލުމަށް ތަޙުޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ހާމަކޮށްފިއެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކްރިމިނަލް ކޯޓުގެ ޤާޟީ މުހައްމަދުގެ ސަމީރާއި، ސިވިލް ކޯޓުގެ ޤާޟީ މަރިޔަމް ވަހީދާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސިވިލް ކޯޓުގެ ޤާޟީ މަރިޔަމް ވަހީދާއަށް ތުހުމަތު ކުރެވޭ މައްސަލައަކީ އޭނާ ބެއްލެވި މައްސަލައެއްގައި ހިމެނޭ ޚަސްމަކާ، އެ މައްސަލައާ ގުޅޭގޮތުން ޝަރީއަތުުގެ ބޭރުން މުއާމަލާތްކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލުތަކާއި ހިލާފަށް އޭނަ އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

އަދި ޤާޟީ ސަމީރާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައަކީ، އޭނާ ބެއްލެވި މައްސަލައެއްގައި ދިފާއީ ވަކީލަކަށް ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ނުދީ، ޝަރީއަތުގެ އަޑުއެހުން ކުރިއަށްގެންދިޔުމުގައި އެކަށީގެންނުވާ ގޮތަށް އޭނާ އަމަލު ކުރި ކަމަށް ބުނާ މައްސަލައެކެވެ. އަދި އެހެން އަޑުއެހުމެއްގައި ދިފާއީ ވަކީލުން ކުށްވެރިވާ ފަދަ ގޮތަކަށް ޤާޟީ ސަމީރު ވާހަކަ ދައްކަވައި އެ ވަކީލުންނާ މެދު ތަޢައްސުބެއް އޮތްކަން ހާމަވާ ފަދަ ގޮތަކަށް މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.



އެ ކޮމިޝަނުން ބުނެފައިވަނީ، ދެ ޤާޟީންނަށް ތުހުމަތުވާ ސުލޫކީ މައްސަލަ ބަލަން އިއްޔެ ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލެވިފައިވާކަމަށެވެ. ޖޭއެސްސީން ގެންދަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި އެ މައްސަލަތަކުގައި ފަނޑިޔާރުންނާއިމެދު ފިޔަވަޅު އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން