އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވާ ދަރިވަރުން ތިބީ ވާނުވާގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ގޮސް، އެންމެ ފަހުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ވަކިކުރާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އައްޑޫ ފުލައިން ސްކޫލްގައި ކިޔަވާ ބައެއް ދަރިވަރުން ބުނެފައިވަނީ އެ ތަނުގައި ހުރި ކަންބޮޑުވުންތައް މީގެކުރިން ވެސް ތަކުރާރުކޮށް ސިވިލް އޭވިއޭޝަނާ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން ސްކޫލަށް ވަންނަ ކުދިންނަށް ކޯސް ނިމޭނެ ކަމަށް ދީފައި ވަނީ 12 މަސް އަދި 18 މަސް ކަމަށްވީ ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ 3 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހުން ކަމަށް ބައެއް ދަރިވަރުން ބުނެފައިވެއެވެ.
އެކަމާގުޅިގެން މެމްބަރު ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "ވާނުވާ" ގައި ތިބެންޖެހުމުގެ ވޭނާއި ހިތްދަތިކަން ދިވެހިދައުލަތުގެ އިސްވެރީންނަށާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އެހެންކަމުން "އައްޑޫ ފުލައިން ސްކޫލުގެ ދަރިވަރުން "ވާނުވާ" އިން މިންޖު ކޮށްދެވެން އެބަޖެހޭ" ކަމަށް ނަސީމް ވިދާޅުވިއެވެ.
×
އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެ ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް އަންގާފައެވެ. އަދި ސްކޫލްގައި ހިންގާ ކަންކަން ބެލުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން ބޭފުޅަކު އެ ސްކޫލްގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
2001 ވަނަ އަހަރު އަމަލު ކުރަން ފެށި މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު ބުނާ ގޮތުން އެޤާނޫނާއި ހިލާފުވާ ފަރާތްތައް -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފްލައިން ސްކޫލްގައި ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހުންނަށް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ހުށަހަޅާފައެެވެ.
އޭޝިއަން އެކަޑަމީ އެއިރޮނޯޓިކްސް އިން ހިންގާ އައްޑޫ ފްލައިންގ ސްކޫލް ދަރިވަރުންގެ ޝަކުވާތަކުގެ ތެރޭގައި ދަރިވަރުންތަކެއް ކަނޑާލުމާއި، ދަރިވަރުން ފްލައިން އަވާސް ހަމަކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ މައްސަލަތައް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އައްޑޫ ފްލައިން ސްކޫލްގެ ގިނަ މައްސަލަތަކެއް ދަރިވަރުން ފެންމަތިކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެފައި ވީ ނަމަވެސް އެކަމަށް ހައްލެއް ނުލިބެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ފްލައިން ސްކޫލަށް އަންގާފައެވެ. ފްލައިން ސްކޫލުގައި ދަރިވަރުން ދުއްވުމަށް 13 އެއާކްރާފްޓެއް އޮވެ އެވެ. އެކަމަކު، މިވަގުތު ބޭނުންކުރަމުން އަންނަނީ ދެ އެއާކްރާފްޓެވެ. ބާކީ 11 އެއާކްރާފްޓުގެ ތެރެއިން ދެ އުޅަނދެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ދެން ހުރި އުޅަނދުތައް ހުރީ މެއިންޓެނަންސްގަ އެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ޓެމްޕަރަރީ ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" މަތިންދާ ބޯޓު ހަމަޖެއްސުމަށް އަންގާފައެވެ. އަދި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމަކަށް ނުވާތީ ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް ސްކޫލަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް އާއްމު ކުރުމަށްވެސް ވަނީ އަންގާފައެވެ.

"ވާނުވާ" ގައި ތިބެންޖެހުމުގެ ވޭނާއި ހިތްދަތިކަން ދިވެހި ދައުލަތުގެ އިސްވެރީންނަށާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންނަށް އެނގި ވަޑައިގަންނަވާނެ!
— Ibrahim Naseem (@IbreyNaseem) January 15, 2021
އައްޑޫ ފުލައިން ސްކޫލުގެ ދަރިވަރުން "ވާނުވާ" އިން މިންޖު ކޮށްދެވެން އެބަޖެހޭ!
އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެ ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް އަންގާފައެވެ. އަދި ސްކޫލްގައި ހިންގާ ކަންކަން ބެލުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން ބޭފުޅަކު އެ ސްކޫލްގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
2001 ވަނަ އަހަރު އަމަލު ކުރަން ފެށި މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު ބުނާ ގޮތުން އެޤާނޫނާއި ހިލާފުވާ ފަރާތްތައް -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފްލައިން ސްކޫލްގައި ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހުންނަށް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ހުށަހަޅާފައެެވެ.
އޭޝިއަން އެކަޑަމީ އެއިރޮނޯޓިކްސް އިން ހިންގާ އައްޑޫ ފްލައިންގ ސްކޫލް ދަރިވަރުންގެ ޝަކުވާތަކުގެ ތެރޭގައި ދަރިވަރުންތަކެއް ކަނޑާލުމާއި، ދަރިވަރުން ފްލައިން އަވާސް ހަމަކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ މައްސަލަތައް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އައްޑޫ ފްލައިން ސްކޫލްގެ ގިނަ މައްސަލަތަކެއް ދަރިވަރުން ފެންމަތިކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެފައި ވީ ނަމަވެސް އެކަމަށް ހައްލެއް ނުލިބެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ފްލައިން ސްކޫލަށް އަންގާފައެވެ. ފްލައިން ސްކޫލުގައި ދަރިވަރުން ދުއްވުމަށް 13 އެއާކްރާފްޓެއް އޮވެ އެވެ. އެކަމަކު، މިވަގުތު ބޭނުންކުރަމުން އަންނަނީ ދެ އެއާކްރާފްޓެވެ. ބާކީ 11 އެއާކްރާފްޓުގެ ތެރެއިން ދެ އުޅަނދެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ދެން ހުރި އުޅަނދުތައް ހުރީ މެއިންޓެނަންސްގަ އެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ޓެމްޕަރަރީ ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" މަތިންދާ ބޯޓު ހަމަޖެއްސުމަށް އަންގާފައެވެ. އަދި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމަކަށް ނުވާތީ ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް ސްކޫލަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް އާއްމު ކުރުމަށްވެސް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު