ރާއްޖޭގެ ގޮނޑުދޮށްތައް ޙިމާޔަތް ކުރެވޭނީ ޒިންމާދާރު ފަރާތްތަކުން އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އުފުލައިގެން ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ މައި ރަށުގެ ގޮތުގައި ފާހަގަ ކުރެވޭ ކ. މާފުށީ ގޮނޑުދޮށާއި މޫދު ކުނިން ތަޣައްޔަރު ވެފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ޢާއްމުވެފައެވެ. އަދި ރިސޯޓްތަކުގައި ކާބޯތަކެތިން އުފެދޭ ކުނި ކަނޑަށް އަޅަނީ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން މާކުރިން ހަދާފައިވާ ގަވައިދަކުން ބާރުލިބިގެން ކަމަށާއި، އެކަން ކުއްލިއަކަށް ހުއްޓުވައިފި ނަމަ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީގައި އިއްޔެ ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، ރާއްޖޭގެ މުޅި ދަޢުލަތް ހިންގަނީ ގޮނޑުދޮށްތަކާއި މޫދު ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމަށް ތަފާތު ޤާނޫނުތަކާއި ޤަވާއިދު ހަދާފައިވާކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
"ޒިންމާ ނަގަންތިބި މީހުން ޒިންމާދާރު ނުވާހާ ހިނދަކު ރާއްޖޭގެ ނަލަނަލަ ބީޗް ސަލާމަތެއް ނުކުރެވޭނެ." ޝަރީފް ވިދާޅުވިއެވެ.
މާލެއަތޮޅު މާފުށީ ގޮނޑުދޮށާއި މޫދު ކުނިން ތަޣައްޔަރު ވެފައިވާ ފޮޓޯއެއް ޙިއްސާކުރަށްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ، އެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރަނީ ކަމަށާއި، އަނެއްކޮޅުން ޜާއްޖޭގެ ޓުއަރިޒަމް ޑީމޯޓް ކުރަނީ ކަމަށެވެ. އަދި ރާއްޖޭގެ ގެސްޓު ހައުސް އޮޕަރޭޓް ކުރާ ރަށްތައް މި ހާލަތަށް ދާއިރު ކަމާބެހޭ އިދާރާތަކަށް ހޭވެރިކަމެއް ނާންނަ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭގެ މި ވާހަކައަށް ބާރު ދެއްވައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ވިދާޅުވީ، ގްރީން ޓެކްސްގެ ނަމުގަައި ޓެކްސްއެއް ނަގަމުން އައި ނަމަވެސް އެ ފައިސާ ޚަރަދުކުރަނީ ކޮން ކަމަކަށް ކަމެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.
ގްރީން ޓެކްސްއަކީ ފަތުރުވެރިކަމުގެ ސިނާއަތުން ދަައުލަތަށް ނަގާ ޓެކްސްއެކެވެ. ގްރީން ޓެކްސް މިހާތަނަށް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކާއި ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުންނެވެ.

Rajjeyge beach aai moodhu vihkaigen libey faisaa in mulhi dhaulah hinganee. Thimaaveshi rahkaakuran thafaathu qanoonu thakaai gavaidhu hedhifaivey. Zihmaa nagan thibi meehun zihmaa dhaaru nuvaahaa hindhaku raajjeyge nala nala beach salaamatheh nukureveyne. https://t.co/qO3VOk5UNn
— Ahmed Shareef (@shar_f) January 19, 2021
މާލެއަތޮޅު މާފުށީ ގޮނޑުދޮށާއި މޫދު ކުނިން ތަޣައްޔަރު ވެފައިވާ ފޮޓޯއެއް ޙިއްސާކުރަށްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައިވަނީ، އެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރަނީ ކަމަށާއި، އަނެއްކޮޅުން ޜާއްޖޭގެ ޓުއަރިޒަމް ޑީމޯޓް ކުރަނީ ކަމަށެވެ. އަދި ރާއްޖޭގެ ގެސްޓު ހައުސް އޮޕަރޭޓް ކުރާ ރަށްތައް މި ހާލަތަށް ދާއިރު ކަމާބެހޭ އިދާރާތަކަށް ހޭވެރިކަމެއް ނާންނަ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭގެ މި ވާހަކައަށް ބާރު ދެއްވައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ވިދާޅުވީ، ގްރީން ޓެކްސްގެ ނަމުގަައި ޓެކްސްއެއް ނަގަމުން އައި ނަމަވެސް އެ ފައިސާ ޚަރަދުކުރަނީ ކޮން ކަމަކަށް ކަމެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.
ގްރީން ޓެކްސްއަކީ ފަތުރުވެރިކަމުގެ ސިނާއަތުން ދަައުލަތަށް ނަގާ ޓެކްސްއެކެވެ. ގްރީން ޓެކްސް މިހާތަނަށް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކާއި ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުންނެވެ.
ކިޔުންތެރިންގެ ހިޔާލު