ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ޙުކުމާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމުގެ ޙުކުމް ބާޠިލްކުރަންޖެހޭ ތަނެއް ނެތްކަމަށް ނިންމައި ހައިކޯޓުން އިއްޔެ އިއްވި ޙުކުމަކީ ސަރުކާރުން ފޮނުވި ފާސިޤު ޙުކުމެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ނިންމީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޛު ހުސައިން މަޒީދާއި ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު އަލްއުސްތާޛު ހުސައިން ޝަހީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.
އެކަމާ ގުޅިގެން މެންބަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ އިއްޔެގެ ޙުކުމަކީ އިސްލާމީ ޝަރީޢަތާ ބީރަށްޓެހި ޙުކުމެއް ކަމަށެވެ. އަދި އެއީ، ކުށްކުރުމަށްފަހު ޑީލް ހަދައިގެން ބޭނުން މީހަކު ބޭނުން ވަގުތަކު ފްރޭމްކޮށްލުމަށް ހިތްވަރުދިން ޙުކުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް އިޝާރާތް ކުރެއްވީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ ހެކިބަހަށް ރިޢާޔަތްކޮށް ރައީސް ޔާމީނަށް ޙުކުމް ނުކުރެވޭނެ ކަމަށް ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދު އިއްވެވި ރަޢުޔަށެވެ.
ހައިކޯޓުގެ އިސްތިޢުނާފީ މައްސަލައިގެ ޙުކުމް ކުރުމުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދު ވިދާޅުވީ، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށް ސާބިތުވި މީހެއް ކަމުގައިވާތީ އޭނާގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެއް ދޭ ހެކިބަހެއް ކަމަށާއި އެހެންކަމުން ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކި ބަސް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އަޙްމަދު އަދީބާއި ޢަބްދުﷲ ޒިޔާތަކީ ފާސިޤުން ކަމުގައި ބެލެވޭނެ ކަމަށާއި، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި، އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދުގެ ރައުޔު އިއްވަމުން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދު ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދޭނެ އެކަށީގެންވާ ބައްޔިނާއެއް މި މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ޙުކުމް ދަމަހައްޓާނެ ތަނެއް ނެތްކަމަށް ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދުގެ ރަޢުޔުގައި ވަނީ ކަނޑައަޅުއްވާފައެވެ.
އާދަމް ޝަރީފް ވިދާޅުވީ، އިއްޔެ އަކީ ޖުޑިޝަރީ މިނިވަންކޮށް ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ދޭނެކަމަށް ވީ ވަޢުދުގެ ނިވަލުގައި ވެރިކަމަށް އައި ކޯލިޝަންގެ މަކަރުވެރި ސޫރަ ހާމަވީ ދުވަސް ކަމަށެވެ. އަދި ޙައްޤު ބަސް ބުނުމަށް ފަސް ނުޖެހޭނެ ފަނޑިޔާރުންވެސް ތިބިކަން ކަށަވަރުވީ ދުވަސްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ އިއްޔެގެ ޙުކުމަކީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ހައިކޯޓުގެ 33 އިންސައްތަ ނޫނެކޭ ބުނި ދުވަސް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ފާސިޤު ޙުކުމަކުން ޕީޕީއެމް އާއި ޕީއެންސީ ފަހަތަކަށް ނުޖެއްސޭނެ. ބައިބައި ނުކުރެވޭނެ އިންޝާﷲ. ދާނީ ކުރިޔަށް." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
އިއްޔެ ހައިކޯޓުން އިއްވި ޙުކުމުގައި ރަޢުޔު ތަފާތުވި އައްޑޫ ހިތަދު އަށް އުފަން އަލްއުސްތާޛު ޙުސައިން ޝަހީދު ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ މިޞްރުގެ އިތުރުން ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އިންނެވެ. އެމަނިކުފާނު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ޖެނުއަރީ 24 ވަނަ ދުވަހުއެވެ. ގާޒީ ޝަހީދާއި އެކު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހަމަ އެދުވަހު އައްޔަން ކުރެއްވި އަނެއް ގާޒީއަކީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި ގާޒީ ޙައިލަމް އެވެ. ގިނަ ބަޔަކަށް ގާޒީ ޝަހީދު އެނގިގެން ގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރިތާ 48 ގަޑިއިރު ތެރޭގައި، ފަތިހުގެ ވަގުތެއްގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުއްވި ހިސާބުންނެވެ.
އަދި ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރުތަކާއި ގުޅިގެން، ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުގައި ޙުކުމް އިއްވެވީ ގާޒީ ޝަހީދެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ހުކުމްކުރީ ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ވެސް ދައުވާގައިވެ އެވެ.
މި މައްސަލައިގެ އިސްތިއުނާފީ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯދައިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެއިތުރުން ރައީސް ޔާމީނަކީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއެކު އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމަވާފައެވެ.

Iyye ge hukumakee sarukaarun fonuvi
— Adam Shareef Umar (@Adamshareefz) January 22, 2021
Islamee shareeathaa beerattehi, FAASIGU hukumeh. Kuh kurumahfahu deal hadhaigen, beynun meehaku, beynun vaguthaku frame kollumah hiiyvarudhin hukumeh. FAASIGU hukumakun PPMPNC fahathakah nujesseyne, baibai nukureveyne,IA. Dhaanee kuriah!.
އިއްޔެ ހައިކޯޓުން އިއްވި ޙުކުމުގައި ރަޢުޔު ތަފާތުވި އައްޑޫ ހިތަދު އަށް އުފަން އަލްއުސްތާޛު ޙުސައިން ޝަހީދު ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ މިޞްރުގެ އިތުރުން ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އިންނެވެ. އެމަނިކުފާނު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ޖެނުއަރީ 24 ވަނަ ދުވަހުއެވެ. ގާޒީ ޝަހީދާއި އެކު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހަމަ އެދުވަހު އައްޔަން ކުރެއްވި އަނެއް ގާޒީއަކީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި ގާޒީ ޙައިލަމް އެވެ. ގިނަ ބަޔަކަށް ގާޒީ ޝަހީދު އެނގިގެން ގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރިތާ 48 ގަޑިއިރު ތެރޭގައި، ފަތިހުގެ ވަގުތެއްގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުއްވި ހިސާބުންނެވެ.
އަދި ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރުތަކާއި ގުޅިގެން، ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުގައި ޙުކުމް އިއްވެވީ ގާޒީ ޝަހީދެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ހުކުމްކުރީ ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ވެސް ދައުވާގައިވެ އެވެ.
މި މައްސަލައިގެ އިސްތިއުނާފީ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯދައިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެއިތުރުން ރައީސް ޔާމީނަކީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއެކު އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު