ކޯވިޑް ޖެހިގެން ރާއްޖެއިން 70 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 53 ވަނަ މީހާއެވެ. އެޗްއީއޯސީން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 70 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ މިއަދު 03:42 ގައި ކަމަށް އެޗްއީއޯސީން މަޢުލޫމާތު ދެއެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ އެކަމާގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ހަރުކަށިކޮށްފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކޯވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މި ބަލީގައި މިހާތަނަށް ރާއްޖޭގައި ނިޔާވެފައި ވަނީ 46 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

Today at 03:42pm, a 70-year-old Maldivian male admitted at DH11 has passed away.
— Health Protection Agency (@HPA_MV) February 3, 2021
This is the 53rd #COVID19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ އެކަމާގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ހަރުކަށިކޮށްފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކޯވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މި ބަލީގައި މިހާތަނަށް ރާއްޖޭގައި ނިޔާވެފައި ވަނީ 46 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކިޔުންތެރިންގެ ހިޔާލު