އަހުމަދު ޝާހް   4 ފެބްރުއަރީ 2021 - 1:15
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ މޮނިޓަރިންގެ ޙާލަތަށް ލައިފިއެވެ.

ގދ. ތިނަދޫ މޮނިޓަރިންގ ހާލަތަށް ލާފައިވަނީ އެ ރަށުން މާލެ އައި ދެ މީހަކު ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެ ދެ މީހުންނަކީ އެޗްޕީއޭއިން ދޭ ހާއްސަ ހުއްދައިގެ ދަށުން ތިނަދޫއަށް ދިޔަ ދެ މީހުންނެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ތިނަދޫ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ، އެރަށަށް އެޗްޕީއޭ ގެ ހުއްދަ ނުހޯދައި އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ތިނަދޫން މާލެ އައި ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގ އާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެޗް.އީ.އޯ.ސީ އިން ވަނީ ބުނެފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން