ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ކޯވިޑް-19ގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ނިސްބަތުން އިޤްތިޞާދީ އެންމެ ބޮޑު ގެއްލުމެ ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ނިސްބަތުން އިޤްތިޞާދީ އެންމެ ބޮޑު ގެއްލުމެ ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އެގޮތުން އިޤްތިޞާދު ހީނަރުވެގެން ދިއުމުން މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތަކާ މެދު ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުން ކަންބޮޑުވެ ހާސްވާނެ މިންވަރު ވަޒަންކުރެވޭ. ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ ޙާލަތު އެ ގޮތަށް ދޫކޮށްލިނަމަ، އަދި އިޤްތިޞާދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދޫކޮށްލި ނަމަ، މުޅި ޤައުމަށް ކުރިމަތިވާނެ ގެއްލުން އަޅުގަނޑުމެންނަށް އަންދާޒާކުރެވުނު. އެ ޙާލަތުން އަރައިގަތުމަށް، ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން، ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށްވެސް، ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި، ދެއްކި ހިތްވަރު އަޅުގަނޑުމެންނަށް ފެނުނު."

ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކަށްވީ، މި ވިޔަފާރިތައް ހަލާކުނުވެ ހިފަހައްޓައިދިނުން ކަމަށެވެ. އަދި ވަޒީފާއަށް އަސަރުކުރި މީހުންނަށް، ޙާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުން ކަމަށާއި، އާއިލާތަކަށް އިޖްތިމާއީ ރައްކާ ތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން