އިޤްތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާއި ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، އިޤްތިޞާދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާއި ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ޙާލަތަށް އެނބުރި ދިއުމަށްޓަކައި، އިޤްތިޞާދު ސިންދަފާތުކޮށް އިޤްތިޞާދީ ޙަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް، ސަރުކާރުން މިހާރު ވާނީ މަސައްކަތް ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުގެ ތަޞައްވަރު ހުރި ގޮތަށް ވަރަށް ފުޅާކޮށް އަލި އަޅުއްވައި ލައްވާފައެވެ. އަދި ކޮވިޑުން އަރައިގަތުމަށް ސަރުކާރުގެ ވިސްނުންވެސް ރައީސް ވަނީ ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން