ޤައުމީ ޔުނިވަރސިޓީ
ޤައުމީ ޔުނިވަރސިޓީ
އިޤްތިޞާދު ފުޅާކުރުމަށް އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އިޤްތިޞާދީ ޞިނާޢަތްތައް ފުޅާކުރާއިރު، އެ ޞިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި ކަމަށެވެ.

"މި ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއާއި، އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޯވިޑްގެ ފުރަބަންދުގެ ތެރޭގައިވެސް، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން މާލެއާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން