ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓް
ކުރިޔަށް އޮތް ދެ މަސް ތެރޭ ދަނޑުވެރިންނާއެކު ސަރުކާރުން މުހިއްމު އެއްބަސްވުމެއް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ދަނޑުވެރި އުފެއްދުންތައް ރަނގަޅު އަގުގައި މާކެޓްކުރެވޭނެ އިންތިޒާމެއް ނެތުމާއި، ގަންނަން ބޭނުންވާ މީހުންނަށް، ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތައް ލިބޭނެކަމުގެ ޔަގީންކަން ނެތުން ކަމަށެވެ.

މިކަން ޙައްލުކުރުމަށް، މިހާރުވާނީ އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ޙިއްސާވާ ކުންފުންޏެއް އުފައްދާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ފުރަބަންދުގެ ތެރޭގައިވެސް ދަނޑުވެރި އުފެއްދުންތައް ބާޒާރަށް ނެރުމުގައި ކުންފުނިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގައި މުޅިން އަލަށް ފަށާ ކޮންޓްރެކްޓް ފާމިންގ އުޞޫލުން ދަނޑުވެރިކަން ކުރަން ކަނޑައަޅާފައިވާ 45 ރަށެއްގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމުކޮށް، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް، އެގްރޯ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ މަޤްޞަދަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން