ޖިންސީ އަދި ޖިސްމާނީ ގޯނާ އާއި ދެކޮޅަށް ކުރެވުނު މުޒާހަރާއެއްގެ ތެރެއިންް.
ޖިންސީ އަދި ޖިސްމާނީ ގޯނާ އާއި ދެކޮޅަށް ކުރެވުނު މުޒާހަރާއެއްގެ ތެރެއިންް.
ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާ ކުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ކަމަށެވެ. އަދި ދިވެހިންގެ ހިތްތަކުގައި ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ އަށަގެންނެވުމަށާއި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތައް ނެގެހެއްޓުމަށް، މިދިޔަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، ރައީސް ފާހަގަ ކުރެއްވީ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކެވެ. އެގޮތުން އިސްލާމްދީނުގެ މަތިވެރި އިޖްތިމާޢީ އުސޫލަކީ ކުޑަކުދިންނާއި އަންހެނުންނަށް އޯގާތެރިވެ، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަނިޔާ ލިބޭ ކޮންމެ މީހަކު އަނިޔާއިން ދުރުކޮށް، ރައްކާތެރި އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަކީ، ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން