ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އަދި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ޚާއްޞަ މަންދޫބު، ޑރ. މަޙުމޫދު އަލް ހައްބާޝް. 
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އަދި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ޚާއްޞަ މަންދޫބު، ޑރ. މަޙުމޫދު އަލް ހައްބާޝް. 
ފުރަތަމަ ފަހަރަށް މިއަހަރު ރާއްޖެއިން ފަލަސްޠީނަށް ސަފީރެއް އައްޔަނު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ޤައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މިއަންނަނީ މަސައްކަތްކުރަމުން ކަމަށެވެ. މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން ރެސިޑެންޓް" ސަފީރެއް މިއަހަރުގެ ތެރޭގައި އައްޔަންކުރުމަށް ޤަސްދު ކުރަށްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޚާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އެކި ޤައުމުތަކާއި ރާއްޖެއާއި ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޢާދަކޮށް ބަދަހިކޮށް އާލާކުރުމަށް ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަޙްމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ޚާރިޖީ ގުޅުން ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޚާރިޖީ ދާއިރާއިން ރާއްޖޭގެ ސިޔާސަތަކީ ދިވެހިރާއްޖެއާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ކަމަށްވެސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން