އޭޓީއެމް. (ފޮޓޯ: ސޯޝަލް މީޑިއާ)
އޭޓީއެމް. (ފޮޓޯ: ސޯޝަލް މީޑިއާ)
ރައްޔިތުންނަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން ކަމަށެވެ.

އަދި ދިވެހިރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި ޢާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރުފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯރޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި އާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ. އެކަން ޙައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، މިދިޔަ އަހަރުގެ ތެރޭގައި 3 ފަހަރެއް ގެ މަތިން އިތުރުކޮށް ދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ކިނބޫ

11-Feb-2021

ދެއަހަރު ވަންދެން ދަތިކުރުމުގެ ސިޔާސަތު ގެންގުޅުނީ ޖެއްސުމަށްތަ?



ޓްރެންޑިން