ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ބިދޭސީންގެ މައްސަލައަކީ ބަޔަކު ޤަސްދުގައި ހިންގި ބޮޑު ޖަރީމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އިޖްތިމާޢީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން އެފަދަ އެއް ކަމަކީ، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބަޔަކު ޤަސްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް މި އަންނަނީ ފިޔަވަޅުތަކެއް އަޅަމުން. އެފަދަ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމްގައި 41000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރީވެއްޖެ. އަދި ޞައްޙަ ލިޔެކިޔުމެއް ނެތި ތެރެއިން، 8775 މީހަކު އަމިއްލައަށް އެދިގެން އެމީހުންގެ ޤައުމަށް އެނބުރާ ފޮނުވައިދެވިއްޖެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭގެ އިތުރުން ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެ މަތިން، މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފޮނުވައއިދީފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމް މިއަހަރުވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން، މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި ކަމަށެވެ. މީގެ ތެރެއިން އެންޓި ޓްރެފިކިން އިން ޕާސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ގުރެއިޝް

11-Feb-2021

ތިޔަ ޖަރީމާގެ ބައިވެރިން ނަކީ އެމްޑީޕީ އިސްމީހުން



ޓްރެންޑިން