ސޯލާޕެނަލްސް މެދުވެރިކޮށް ކަރަންޓް ފޯރުކޮށްދޭ ރާއްޖޭގެ ރިސޯޓެއް
ސޯލާޕެނަލްސް މެދުވެރިކޮށް ކަރަންޓް ފޯރުކޮށްދޭ ރާއްޖޭގެ ރިސޯޓެއް
ކަރަންޓު އުފެއްދުމުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، 26 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލް މިދިޔަ އަހަރުވާނީ ޤާއިމުކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައިވެސް އަދި އިޤްތިޞާދީ ޙަރަކާތްތައް ފުޅާކުރުމުގައިވެސް، ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެށީގެ ރައްކާތެރިކަން އެއްކީލި ކުރުމަށް، ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.

އެގޮތުން ކަރަންޓު އުފެއްދުމުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، 26 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލްތައް މިދިޔަ އަހަރުވާނީ ޤާއިމުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު 61 ރަށެއްގައި މި ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، އެ ނިޒާމުތަކުން ޖުމްލަ 36 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު، މިދިޔަ ދެ އަހަރުގެ ތެރޭ ގާތްގަނޑަކަށް ތިން ގުނަ އިތުރުކުރެވިއްޖެ ކަމަށެވެ.

އަދި މިހާތަނަށް ޤާއިމުކުރި އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގެ ސަބަބުން، މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު 72871 ޓަނު މަދުވެގެން ދާނެ ކަމަށާއި، މުޅި ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައި ހުރި 31.5 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސަބަބުން، އިންޖީނުގެތަކުން ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


10

އައްޔު

11-Feb-2021

ރައީސް އެކަމަކުވެސް ބިލެއް ކުޑައެއްނުވޭ. ތިޔަވަރު އަސްލުވެސް ވަމުންދާނަމަ އެންމެ ރަށެއްގެ ކަރަންޓު ބިލުން 10 ރުފިޔާނަމަވެސް ކުޑަވީސް ކިހިނެއްޖަހާ ހިސާބެއް ނުފެންނަ ހިސާބާއި ނުފެންނަ 31 މެގަވޯޓް ބޮޑުވަރު އޮޅުވާނުލާ ރައީސް



ޓްރެންޑިން