އައްޑޫ ސިޓީ ހުޅުދޫމީދޫ މޮނިޓަރިން އަށް ލައިފިއެވެ.
އެޗްޕީއޭ އިން ބުނީ، އައްޑޫ ސިޓީ ހުޅުދޫމީދޫގައި ކަރަންޓީނުވެގެން ތިއްބާ މިދިޔަ ހަފްތާގައި ޕޮޒިޓިވްވި ދެ މީހަކާ ކޮންޓެކްޓުވި ހަތަރު މީހަކު މިއަދު ކޯވިޑް-19 އަށް ފައްސިވުމުން އެ ރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވި ދެ މީހުން ތިބި ސައިޓްގައި 60 މީހުން ތިބި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން އައްޑޫސިޓީ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ، އެރަށަށް އެޗްޕީއޭ ގެ ހުއްދަ ނުހޯދައި އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.
އެރަށުން 04 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ އާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެޗް.އީ.އޯ.ސީ އިން ވަނީ ބުނެފައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު