ބިދޭސީންނަށް ޚާއްސަކޮށް ތައްޔާރުކުރި ޑިޓެންޝަން ސެންޓަރ ހޯމް މިނިސްޓަރ ހުޅުއްވައި ދެއްވަނީ
ބިދޭސީންނަށް ޚާއްސަކޮށް ތައްޔާރުކުރި ޑިޓެންޝަން ސެންޓަރ ހޯމް މިނިސްޓަރ ހުޅުއްވައި ދެއްވަނީ
ހުޅުމާލޭ ޖަލުން 31 ގައިދީން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީން ބުނެފައިވަނީ، މި ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ހުޅުމާލޭ ޖަލުން އަލާމާތްތައް ހުރި ގައިދީއެއް ފެނިގެން ޖަލުގައި ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ފުރަތަމަ ޢަލާމާތްތައް ފެނުނު ޢުމުރުން 56 އަހަރުގެ ޤައިދީ ޕޮޒިޓިވް ވުމާއި ގުޅިގެން ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން 30 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން މަޢުލޫމާތު ދެއްވިއެވެ.

އެ ސެންޓަރުން ބުނެފައިވަނީ ޖަލުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ މުޅިންވެސް ގައިދީން ކަމަށެވެ. ޕޮޒިޓިވްވި މީހުން ވަނީ އެކަހެރިކުރެވިފައި ކަމަށާއި ކޮންޓެކްޓުން ކަރަންޓީނުކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ. މިއާ އެކު އެ ޖަލުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 31 އަށް އަރާފައެވެ.

ހުޅުމާލޭ ޖަލުން ޕްޒިޓިވް ކޭސް އެއް ފެނުމާ ގުޅިގެން ފެބްރުއަރީ 2 ވަނަ ދުވަހުން ފެށިގެން އެ ޖަލު ވަނީ ލޮކްޑައުން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން