އައްޑޫސިޓީ ހުޅުދޫމީދޫ
އައްޑޫސިޓީ ހުޅުދޫމީދޫ
އައްޑޫސިޓީ ހުޅުދޫ މީދޫ އެމްޓީސީސީ ސައިޓުން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން އިތުރު 10 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިރޭ ބުނެފައިވަނީ މި 10 ޕޮޒިޓިވް ކޭސްއާއި އެކު މިހާރު އެ އަވަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 18 ބިދޭސީން ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މިހާރުވެސް ބައެއް ސާމްޕަލްތަކުގެ ނަތީޖާ ލިބިފައި ނުވާ ކަަމަށެވެ. މީގެ އިތުރުން އެންމެހައި ފަރާތްތަކުންވެސް އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށާއި، މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެންމެހައި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް އައްޑު ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހުޅުދޫމީދޫގައި ކަރަންޓީނުވެގެން ތިއްބާ މިދިޔަ ހަފްތާގައި ޕޮޒިޓިވްވި ދެ މީހަކާ ކޮންޓެކްޓުވި ހަތަރު މީހަކު އިއްޔެ ކޯވިޑް-19 އަށް ފައްސިވުމުން އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ އިއްޔެ އެވެ. އެޗްޕީއޭއިން ބުނެފައިވަނީ އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވި ދެ މީހުން ތިބި ސައިޓްގައި 60 މީހުން ތިބި ކަމަށެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން