އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
މުޅި އައްޑޫސިޓީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން އައްޑޫސިޓީ ކައުންސިލް އިދާރާއަށް މިއަދު ފޮނުވި ލިޔުމުގައި ބުނެފައިވަނީ، އެ ސިޓީގެ އެއްވެސް ރަށަކަށް އެޗްޕީއޭ ގެ ހުއްދަ ނުހޯދައި އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

އައްޑޫސިޓީ ހުޅުދޫ މީދޫ އެމްޓީސީސީ ސައިޓުން 24 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ އާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް މީގެ ކުރިން އެރަށްވަނީ މޮނިޓަރިން އަށް ގެނެސްފައެވެ. އަދި މިއަދު ހިތަދޫ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ދެމީހުން ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އެކަމާ ގުޅިގެން އެރަށުގައިވެސް ކޮންޓެކްޓް ޓްރޭސިންގ އާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން