އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖައްސަވައިފިއެވެ.
ކޯވިޑް-19ގެ އާ ވޭރިއަންޓް ރާއްޖެއިންފެނި، އޭގެ ސަބަބުން ރާއްޖޭގައި ވައިރަސް ފެތުރޭ ނިސްބަތް އިތުރުވެފައިވާ ކަމަށް ޑރ. ޝީނާ މޫސާ މީގެ ކުރިން ވިދާޅުވެފައިވަނިކޮށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިން ވެސް މިއަދު ވަނީ ކޮވިޝީލްޑް ވެކްސިން ޖައްސަވާފައެވެ.
ޑރ. ވަހީދު ވެކްސިން ޖެއްސެވުމަކީ، އެމަނިކުފާން ނިސްބަތްވާ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުން ކޯވިޑް-19 ގެ ވެކްސިނާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވެގެން ދާނެއެވެ. ވެކްސިން ޖެއްސެވުމުގެ އިތުރުން ޑރ. ވަޙީދު ވަނީ ވެކްސިން ޖެހުމަށްވެސް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ދައްކާ ވާހަކަތަކާ ދެކޮޅު ހައްދަވައި ޑރ. ވަޙީދު ވެކްސިން ޖައްސަވާފައިވާއިރު، އެ ކޯލިޝަނަށް ނިސްބަތްވާ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމްވެސް ވަނީ ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ، ހަމައެއާއެކު ޕީޕީއެމަށް ނިސްބަތްވާ ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޖަމީލް އުސްމާނާއި، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރކަން ކުރެއްވި ޢާއިޝަތު އާޒިމާ ޝުކޫރުވެސް ވަނީ ސިއްޙީ މާހިރުންނަށް އިތުބާރުކޮށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަށްވާފައެވެ.
ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ސިޔާސީ ރޫހެއްގައި މަސައްކަތް ކުރަނީ އިންޑިއާއާއި އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ރައްޔިތުންގެ ޢާއްމު ޞިއްޙަތާ ގުޅިފައިވާ ކަންކަމުގައި ސިޔާސީ މަންފާ ހޯއްދެވުމަށް މަސައްކަތް ނުކުރުމަށް ސިއްޙީ ދާއިރާގެ ޚިދުމަތްތެރިން ގެންދަނީ ސިޔާސީ ފަރާތްތަކަށް ގޮވާލައްވަމުންނެވެ.

Today, @ilhammv & I received the #COVIDVaccination. #COVID19 is a global pandemic that has impacted all aspect of our lives and taken too many, too soon. To save lives & livelihoods, I encourage everyone to get vaccinated.@presidencymv @HPA_MV @sunjaysudhir pic.twitter.com/J08lgn0Alh
— Mohamed Waheed (@DrWaheedH) February 7, 2021
ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ދައްކާ ވާހަކަތަކާ ދެކޮޅު ހައްދަވައި ޑރ. ވަޙީދު ވެކްސިން ޖައްސަވާފައިވާއިރު، އެ ކޯލިޝަނަށް ނިސްބަތްވާ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމްވެސް ވަނީ ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ، ހަމައެއާއެކު ޕީޕީއެމަށް ނިސްބަތްވާ ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޖަމީލް އުސްމާނާއި، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރކަން ކުރެއްވި ޢާއިޝަތު އާޒިމާ ޝުކޫރުވެސް ވަނީ ސިއްޙީ މާހިރުންނަށް އިތުބާރުކޮށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަށްވާފައެވެ.
ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ސިޔާސީ ރޫހެއްގައި މަސައްކަތް ކުރަނީ އިންޑިއާއާއި އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ރައްޔިތުންގެ ޢާއްމު ޞިއްޙަތާ ގުޅިފައިވާ ކަންކަމުގައި ސިޔާސީ މަންފާ ހޯއްދެވުމަށް މަސައްކަތް ނުކުރުމަށް ސިއްޙީ ދާއިރާގެ ޚިދުމަތްތެރިން ގެންދަނީ ސިޔާސީ ފަރާތްތަކަށް ގޮވާލައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު