ހުޅުމާލެ ޖަލު (ފޮޓޯ: ސޯޝަލް މީޑިއާ)
ހުޅުމާލެ ޖަލު (ފޮޓޯ: ސޯޝަލް މީޑިއާ)
ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 34 އަށް އަރައިފިއެވެ.

ހުޅުމާލޭ ޖަލުން މި ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ކޯވިޑްގެ އަލާމާތްތައް ހުރި ޢުމުރުން 56 އަހަރުގެ ޤައިދީއެއް ޕޮޒިޓިވް ވުމާއި ގުޅިގެން ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 102 ސާމްޕަލްގެ ތެރެއިން 34 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

އެ ސެންޓަރުން ބުނެފައިވަނީ ޖަލުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ މުޅިންވެސް ގައިދީން ކަމަށެވެ. ޕޮޒިޓިވްވި މީހުން ވަނީ އެކަހެރިކުރެވިފައި ކަމަށާއި ކޮންޓެކްޓުން ކަރަންޓީނުކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ. މިއާ އެކު އެ ޖަލުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 34 އަށް އަރާފައެވެ. ހުޅުމާލޭ ޖަލުން ޕޮޒިޓިވް ކޭސް އެއް ފެނުމާ ގުޅިގެން ފެބްރުއަރީ 2 ވަނަ ދުވަހުން ފެށިގެން އެ ޖަލު ވަނީ ލޮކްޑައުން ކޮށްފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން