ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖައްސަވައިފިއެވެ.
ކޯވިޑް-19ގެ އާ ވޭރިއަންޓް ރާއްޖެއިންފެނި، އޭގެ ސަބަބުން ރާއްޖޭގައި ވައިރަސް ފެތުރޭ ނިސްބަތް އިތުރުވެފައިވާ ކަމަށް ޑރ. ޝީނާ މޫސާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެއާއެކު ވެކްސިން ކެމްޕޭނަށް ލިބެމުންދާ ތސރުހީބު އިތުރުވެފައިވާއިރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ އަދި ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވެސް މިއަދު ވަނީ ކޮވިޝީލްޑް ވެކްސިން ޖައްސަވާފައެވެ.
ޑރ. ޖަމީލް ވެކްސިން ޖެއްސެވުމަކީ، އެމަނިކުފާން ނިސްބަތްވެ ވަޑައިގަންނަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުން ކޯވިޑް-19 ގެ ވެކްސިނާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވެގެން ދާނެއެވެ.
މީގެ ކުރިން އިދިކޮޅު ޕީޕީއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ އިން ހަދިޔާކުރި ވެކްސިނަކީ ޑަބްލިއުއެޗްއޯ އިން ޤަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް މަޢުލޫމާތު ލިބޭކަމަށެވެ. އަދި ދިވެހި ރައްޔިތުން ވެކްސިން ނުޖެހުމަށް ގޮވާލާ ޕީޕީއެމުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.
ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ދައްކާ ވާހަކަތަކާ ދެކޮޅު ހައްދަވައި ޑރ. ޖަމީލް ވެކްސިން ޖައްސަވާފައިވާއިރު، އެ ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމްވެސް ވަނީ ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ، ހަމައެއާއެކު ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދާއި، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރކަން ކުރެއްވި ޢާއިޝަތު އާޒިމާ ޝުކޫރުވެސް ވަނީ ސިއްޙީ މާހިރުންނަށް އިތުބާރުކޮށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަށްވާފައެވެ.
ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ސިޔާސީ ރޫހެއްގައި މަސައްކަތް ކުރަނީ އިންޑިއާއާއި އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ރައްޔިތުންގެ ޢާއްމު ޞިއްޙަތާ ގުޅިފައިވާ ކަންކަމުގައި ސިޔާސީ މަންފާ ހޯއްދެވުމަށް މަސައްކަތް ނުކުރުމަށް ސިއްޙީ ދާއިރާގެ ޚިދުމަތްތެރިން ގެންދަނީ ސިޔާސީ ފަރާތްތަކަށް ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު