އައްޑޫ ހިތަދޫ
އައްޑޫ ހިތަދޫ
އައްޑޫ ސިޓީ ހިތަދޫން އިތުރު ހަތަރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ އެ ކްލަސްޓަރ އިން ޕޮޒިޓިވްވީ ޖުމްލަ އަދަދު 19 އަށް އަރައިފި އެވެ.

އައްޑޫ ހިތަދޫން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 100 އަށް އަރާފައިވާ ކަމަށާއި ހިތަދޫ ކްލަސްޓާއިން ބައްޔަށް 19 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މި ކްލަސްޓަރއިން އައްޑޫ ފޭދޫ އިންވެސް ފަސް ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މި ކްލަސްޓަރ އާއި ގުޅުން ހުރި މީހަކު ވަނީ ގދ. ތިނަދޫން ވެސް ޕޮޒިޓިވްވެފައެވެ. އަދި އޭނާގެ ކޮންޓެކްޓެއްވެސް ވަނީ ތިނަދޫން ޕޮޒިޓިވްވެފައެވެ. ހިތަދޫގެ އިތުރުން މިވަގުތު އައްޑޫސިޓީ ހުޅުދޫމީދޫ އެމްޓީސީސީ ސައިޓުން 25 ބިދޭސީއަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅީގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ބަންދުކޮށް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން